Advertisement
ކ. މާލެ
|
30 އޯގަސްޓް 2019 | ހުކުރު 14:31
އައިޖީއެމްއެޗް
އައިޖީއެމްއެޗް
މުހައްމަދު ޝަރުހާން
އައިޖީއެމްއެޗް
އައިޖީއެމްއެޗްއަށް ނަރުހުން ހޯދަން އިއުލާން ކޮށްފި
އިއުލާން ކުރީ ތިން ރޭންކަކަށް ބޭނުންވާ 18 ނަރުހުން ހޯދަން
މަގާމަށް އެދި 8 ސެޕްޓެމްބަރުގެ 13.30 ގެ ކުރިން ފޯމް ހުށަހަޅަންޖެހޭ

ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗަށް ނަރުހުން ހޯދަން އިއުލާންކޮށްފިއެވެ.

އައިޖީއެމްއެޗްއިން ބުނީ ރެޖިސްޓަރޑް ނަރުހުން، ސީނިއަރ ރެޖިސްޓަރޑް ނަރުހުން އަދި ކްލިނިކަލް ނަރުހުން ހޯދުމަށް ބޭނުންވާ ކަމަށެވެ.

18 ނަރުހުން ހޯދުމަށް އިއުލާންކޮށްފައިވާއިރު، ރެޖިސްޓަރޑް ނަރުހަކަށް 9060 ރުފިޔާ އާއި 9360 ދެމެދުގެ މުސާރައެއް ލިބޭނެ ކަމަށެވެ. ސީނިއަރ ރެޖިސްޓަރޑް ނުހަކަށް 9670 ރުފިޔާއާއި 10160 ދެމެދުގެ މުސާރައެއް ލިބޭނެ ކަމަށާއި، ކްލިނިކަލް ނަރުހަކަށް 10410 ރުފިޔާއާ 10940 ރުފިޔާ ދެމެދުގެ މުސާރައެއް ލިބޭނެ ކަމަށް އިއުލާންގައިވެއެވެ. މީގެއިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ ލިބޭނެ ކަމަށްވެސް އިއުލާންގައިވެ އެވެ.

Advertisement

އައިޖީއެމްއެޗުން ބުނީ މަގާމަށް އެދި 8 ސެޕްޓެމްބަރ ވާ އާދީއްތަ ދުވަހުގެ 13.30 ގެ ކުރިން ހުށަހަޅަންޖެހޭ ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 15 ސެޕްޓެމްބަރ 2019 އާއި 30 ސެޕްޓެމްބަރ 2019 އާ ދެމެދު އޮންނާނެ ކަމަށާއި، މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 50 ފަރާތް ޝޯޓްލިސްޓް ކުރެވޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް