Advertisement
ކ. މާލެ
|
30 އޯގަސްޓް 2019 | ހުކުރު 13:21
ސިނަމާލެ ބްރިޖް
ސިނަމާލެ ބްރިޖް
ޝުއައިބް މުހައްމަދު އިގްބާލް
ސިނަމާލެ ބްރިޖް
ބުރިޖުގެ އެނައުލް އިންސްޕެކްޝަންއަށް ބުރިޖުގެ ހުޅުލެ-މާލެ ލޭން ބައެއް ގަޑިތަކުގައި ބަންދުކުރަން ނިންމައިފި
ހުކުރު ދުވަހުގެ ހެނދުނު 08:00 އިން މެންދުރު 14:00 ބަންދުކުރާނެ
މާދަމާގެ ހެނދުނު 8:00 އިން 14:00 އަށް ބަންދުކުރާއިރު، އަންނަ ހުކުރު ދުވަހު ވެސް މިވަގުތުގައި ބަންދުކުރާނެ

މާލެ ސިނަމާލެ ބުރިޖުގެ އެނައުލް އިންސްޕެކްޝަން އަށް ބުރިޖުގެ ހުޅުލެ-މާލެ ލޭން ބައެއް ގަޑިތަކުގައި ބަންދުކުރަން ނިންމައިފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ މާލެ ސިނަމާލެ ބުރިޖު ބޭނުންކުރާތާ 1 އަހަރު ވުމާ ގުޅިގެން ބުރިޖުގެ އެނުއަލް އިންސްޕެކްޝަންއެއް ހެދުމަށްޓަކައި ބައެއް ގަޑިތަކުގައި ބުރިޖުގެ މާލެ އިން ހުޅުލެއަށް ދާ 2 ލޭން ބަންދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ ބުރިޖު ބަންދުކުރެވޭ ގަޑިތަކުގައި ހުޅުލެ އިން މާލެ އަށް އަންނަ ލޭން ވަގުތީގޮތުން ދެކޮޅަށް ދުއްވާގޮތަށް ބަދަލުކޮށް ހުރިހާ އުޅަނދެއް މި ލޭން އިން ދުއްވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

Advertisement

އެގޮތުން 30 އޮގަސްޓުވާ ހުކުރު ދުވަހުގެ ހެނދުނު 08:00 އިން މެންދުރު 14:00 އަށް 31 އޮގަސްޓުވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން މެންދުރު 14:00 އަށް އަދި 06 ސެޕްޓެމްބަރުވާ ހުކުރު ދުވަހުގެ ހެނދުނު 08:00 އިން މެންދުރު 14:00 އަށް ބަންދުކުރުމަށް ވަނީ ނިންމާފައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ ބުރިޖު މަތިން ދަތުރުކުރުމަށް މި ގެނެވުނު ބަދަލުތަކާއި އެއްގޮތަށް އަމަލުކުރެއްވުމަށާއި އަދި އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ޓްރެފިކް ފުލުހުންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އެދޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް