Advertisement
ކ. މާލެ
|
29 އޯގަސްޓް 2019 | ބުރާސްފަތި 20:52
އެމްޓީސީސީގެ ފެރީއެއް
އެމްޓީސީސީގެ ފެރީއެއް
އެމްޓީސީސީ
ޓްރާންސްޕޯޓް އޮތޯރިޓީން
ފަސިންޖަރުން ލައިފްޖެކެޓް އެޅުވުމަކީ ކެޕްޓަންގެ ޒިންމާއެއް: ޓްރާންސްޕޯޓް އޮތޯރިޓީ
ފަސިންޖަރުން އަރުވާފައިވަނީ ހުއްދަ ކޮށްފައިވާ މިންވަރަށްކަން ޔަގީންކުރަންޖެހޭ
ސަލާމަތީ ކަންކަން އުޅަނދުގައި ފުރިހަމަވެފައި ހުރިކަން ޔަގީންކުރަންޖެހޭ

އުޅަނދުފަހަރުގައި ދަތުރުކުރާއިރު އެދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފަސިންޖަރުން ލައިފްޖެކެޓް އެޅުވުމަކީ ކެޕްޓަންގެ ޒިންމާއެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ އާދަޔާ ހިލާފަށް ވައި ބާރުވެ ގަދަ ވިއްސާރަކުރާ ދުވަސްތަކުގައި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގައި ކަނޑުދަތުރުކުރުމަކީ ނުރައްކާތެރި އަދި ހިތާމަވެރި ހާލަތްތައް މެދުވެރިވެދާނެ ކަމަކަށްވުމާއެކު، ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭންޖެހޭ ކަމަށެވެ. އާދަޔާ ހިލާފަށް މޫސުން ގޯސްވެފައިވަނިކޮށް ދަތުރު ނުކުރުމަށް އިލްތިމާސްކޮށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ މީހުން އުފުލާ އުޅަނދުފަހަރުގައި ދަތުރުކުރާއިރު އެދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފަސިންޖަރުން ލައިފްޖެކެޓް އެޅުވުމަކީ ކެޕްޓަންގެ ޒިންމާއެއް ކަމަށެވެ.

އެހެންކަމުން އުޅަނދުފަހަރު އޮޕަރޭޓް ކުރާ ފަރާތްތަކާއި އުޅަނދުފަހަރުގެ ވެރިން އަދި އުޅަނދުފަހަރުގެ ކެޕްޓަނުން ދަތުރަށް ފެށުމުގެ ކުރިން އުޅަނދަށް ފަސިންޖަރުން އަރުވާފައިވަނީ ހުއްދަ ކޮށްފައިވާ މިންވަރަށްކަން ޔަގީންކުރަންޖެހޭ ކަމަށް އެތޯރިޓީން ބުންޏެވެ.

Advertisement

މީގެއިތުރުން ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ ފަސިންޖަރުންނަށް ލައިފްޖެކެޓް އަޅާނެ ގޮތް ބުނެދީ ފަސިންޖަރުން ލައިފްޖެކެޓް އެޅުވުމާއި، ސަލާމަތީ ކަންކަން އުޅަނދުގައި ފުރިހަމަވެފައި ހުރިކަން ޔަގީންކުރުމާއި، މުވާސަލާތީ އާލާތްތައް ދަތުރުކުރާ ހުރިހާ ވަގުތެއްގައި ބޭނުންކުރެވޭނެ ގޮތަށް ހުޅުވާފައި ހުރުމާއި، ކުރުމަށް ހަމަޖެހިފައިވާ ދަތުރަށް ބޭނުންވާވަރަށް ތެލާއި، ހަކަތަ އަދި ފެންހުރިކަން ކަށަވަރުކުރުމާއި، ކުރުމަށް ހަމަޖެހިފައިވާ ދަތުރު ސަލާމަތާއި ރައްކާތެރިކަމާއެކު ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވޭތޯ އުޅަނދުފަހަރުގެ ވެރިން ބަލަންޖެހޭ ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ ދަތުރުފެށުމުގެ ކުރިން އުޅަނދުފަހަރުގެ ވެރިން މޫސުމާ ބެހޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކުން ހޯދުމަށްފަހު މޫސުމަށް ބަލައިގެން ދަތުރަށް ފެށުމާއި، ފަސިންޖަރުން ތިބީ އެކަށީގެންވާ ރައްކާތެރިކަމާ އެކުގައިކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ. އަދި ދަތުރުގައި ބައިވެރިވާ ފަސިންޖަރުންގެ މެނިފެސްޓް ބެލެހެއްޓަންޖެހޭ ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައި މިވަނީ މޫސުން ގޯސްވެފައިވަނިކޮށް ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދޫއަށް ދަތުރުކުރި ކުޑަ ލޯންޗެއް ބަނޑުންޖަހާލި ހާދިސާގައި އެއް އާއިލާއަކަށް ނިސްބަތްވާ 4 މީހަކާއި އިތުރު މީހަކު ނިޔާވެފައިވާ ދަނޑިވަޅެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް