Advertisement
ކ. މާލެ
|
29 އޯގަސްޓް 2019 | ބުރާސްފަތި 18:55
ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމަށް އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމަށް އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
އެންވަރަންމަންޓް މިނިސްޓްރީ
ގދ.ތިނަދޫ
ގދ. ތިނަދޫގައި ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމަށް ބަޔަކާ ހަވާލުކޮށްފި
މި މަސައްކަތުގެ ޖުމްލަ އަގަކީ 1,395,788.10 ރުފިޔާ
މި މަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ

ގދ. ތިނަދޫގައި ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

ބުރާސްފަތި ދުވަހު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ އެކުއާމެރިން ހޮލިޑޭސް ކުންފުންޏާއެވެ.

Advertisement

މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާއެވެ. އަދި އެކުއާމެރިން ހޮލިޑޭސް ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް ރަހުމާން މުޖުތަބާ އާދަމެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ދިވެހި ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓެމަންޓް (ޕީއެސްއައިޕީ)ގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުގެ ޖުމްލަ އަގަކީ 1,395,788.10 (އެއްމިލިއަން ތިންލައްކަ ނުވަދިހަ ފަސްހާސް ހަތްސަތޭކަ އަށްޑިހަ އަށެއް ޕޮއެންޓް ދިހަ ލާރި) އެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 120 ދުވަހުގެ ތެރޭގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް