Advertisement
ކ. މާލެ
|
29 އޯގަސްޓް 2019 | ބުރާސްފަތި 18:01
މޯލްޑިވިއަންގެ ބޯޓެއް
މޯލްޑިވިއަންގެ ބޯޓެއް
ޓްވިޓަރ
މޯލްޑިވިއަން
މޯލްޑިވިއަނުން ހަނިމާދޫ އަށް ކުރާ ދަތުރުތައް މެދުކަނޑާލުމަށްފަހު އަލުން ފަށައިފި
ފަހުން އަންގާނެ ކަމަށް މޯލްޑިވިއަނުން ބުނި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ގައުމީ އެއާލައިނުން ހދ. ހަނިމާދު އަށް މިއަދު ޝެޑިއުލްކޮށްފައިވާ ދަތުރުތައް ކެންސަލް ކުރުމަށް ފަހު އަލުން ފަށައިފިއެވެ.

Advertisement

މޯލްޑިވިއަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ހަނިމާދުއަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް ފަސްކޮށްފައިވާ ކަަމަށެވެ.

އެހެން ނަމަވެސް އޭގެ ފަހުން މޯލްޑިވިއަނުން ބުނެފައިވަނީ ހަނިމާދޫ ދަތުރުތައް މޫސުން ތަންނުދޭތީ މެދުކަނޑާލުމަށްފަހު އަލުން ދަތުރުތައް ފަށާފައިވާ ކަމަށެވެ.

ވިއްސާރަވުމުގެ ސަބަބުން މޯލްޑިވިއަނުން ހަނިމާދޫ އަށް ކުރާ ދަތުރުތައް އަލުން ފަށާފައިވާއިރު ބުރާސްފަތި ދުވަހު ހދ ނޮޅިވަރަންފަރުން ފުރައިގެން ހދ ހަނިމާދޫއަށް ދަތުރުކުރި ކުޑަ ލޯންޗެއްބަނޑުންވެ އާއިލާއަކަށް ނިސްބަތްވާ 5 މީހަކު ވަނީ މަރުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް