Advertisement
ކ. މާލެ
|
29 އޯގަސްޓް 2019 | ބުރާސްފަތި 17:42
ބްރޯޑްކޮމްގެ މެމްބަރުން ހާޒިރު ކުރެވުނު މިނިވަންމުއައްސަސާތަކުގެ ކޮމެތީ ބައްދަލުވުމުގެ ތެރެއިން
ބްރޯޑްކޮމްގެ މެމްބަރުން ހާޒިރު ކުރެވުނު މިނިވަންމުއައްސަސާތަކުގެ ކޮމެތީ ބައްދަލުވުމުގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
މަޖިލިސް
އާ ގަވާއިދާއި އެއްގޮތަށް އަމަލު ކުރުމަށް ޝަހީބާއި ޒައިނާގެ މައްސަލަ ދެން އޮންނަ ޖަލްސާއަކަށް
އާގަވާއިދާއި އެއްގޮތަށް އަމަލު ކުރުމަށް ތާވަލު ކުރުމަށް ވަނީ ނިންމާފަ

އާ ގަވާއިދާއި އެއްގޮތަށް އަމަލު ކުރުމަށް ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް މުހައްމަދު ޝަހީބާއި ނައިބު ރައީސް ފާތިމަތު ޒައިނާ ގެ މައްސަލަ ދެން އޮންނަ ޖަލްސާއެއްގައި އެޖެންޑާ ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބާއި ނައިބު ރައީސް ފާތިމަތު ޒައިނާ ކޮމިޝަނުން ވަކިކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށް، މަޖިލީހުގެ އިދާރާއަށް ފޮނުވާފައިވާ ރިޕޯޓު، ދެން އަންނަ ޖަލްސާއެއްގައި ގަވާއިދާއި އެއްގޮތަށް އަމަލުކުރުމަށް ނިންމަވާފައިވާކަން ބުރާސްފަތި ދުވަހު އޮތް ޖަލްސާގައި ހާމަކުރައްވަމުންނެވެ.

ބްރޮޑްކާސްޓިން ކޮމިޝަންގެ މެމްބަރުންގެ މައްސަލަތައް ބެލުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ވަނީ ޚާއްސަ ސަބްކޮމިޓީ އެއް ހަދާފައެވެ. އެ ކޮމިޓީއިން ނިންމި ގޮތުގެ ރިޕޯޓު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ. އެރިޕޯޓު ތަޅުމަށް ފޮނުވިއިރު މަޖިލީހުގެ ގަވައިދު އެއްކޮށް ނުނިމެއެވެ. އެގަވައިދު ނިންމުމަށްފަހު މަޖިލީހުން ފާސްކޮށްފައިވަނީ ހޯމަ ދުވަހުއެވެ.

Advertisement

ރައީސް ނަޝީދު ވިދާޅުވީ، ބައެއް ކޮމިޝަންތަކުގެ ގާނުނަކުން އެ ކޮމިޝަންތަކުން މެމްބަރުން ވަކި ކުރުމުގައި ކަންކުރަން ޖެހޭ އިޖުރާއަތެއް ކަނޑައެޅިފައިނުވާކަމަށެވެ. އަދި ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ގަވާއިދު އޮތް ގޮތުން މިނިވަން މުއައްސަސާތަކުގެ މަގާމުތަކުން ވަކި ކުރުމުގެ ކަންތައް މަޖިލީހުގެ ކޮމެޓީ އަކުން ނިންމާ ރިޕޯޓެއް އެކުލަވާލުމަށްފަހު ތަޅުމަށް ފޮނުވުމުން ނިންމޭ ކަމަށެވެ. ނަމަވެސް އިސްލާހު ކުރެވުނު ގަވާއިދުގައި މުސްތަގިއްލު މުއައްސަސާތަކުގެ މެމްބަރުންނާއި މުސްތަގިއްލު މަގާމުތަކުގެ މީހުން ވަކި ކުރުމާއި ބެހޭ މާއްދާއެއް އޮންނަ ކަމަށް ވިދާޅުވިއެވެ. އެ މާއްދާގައި ވާގޮތުން މީހަކު ވަކި ކުރުމަށްޓަކައި މަޖިލީހަށް ހުށަހެޅުމުން، އެ މީހެއްގެ ނަން މަޖިލީހުގައި އިއްވާ، ކަމާބެހޭ ކޮމެޓީއަށް ފޮނުވަންޖެހެއެވެ. އަދި އެމީހުން ވަކި ކުރެވޭނީ އެ މައްސަލަ އެ ކޮމެޓީއަކުން ދިރާސާ ކުރުމަށް ފަހު ނިންމާ ނިންމުމަށް އެކުލަވާލެވޭ ރިޕޯޓަގެ މައްޗަށް ބަހުސްކޮށް، ނެގޭ ވޯޓަކަށް ފަހުއެވެ.

ބްރޯޑްކޮމްގެ ދެ މެމްބަރަކު ވަކި ކުރުމަށް މިނިވަން މުއައްސަސާއިން އެދިފައިވާ އެދުން، ދެން އަންނަ ދުވަހެއްގައި އެޖެންޑާ ކުރެވި، ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއިބެހޭ ކޮމިޓީއިން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުން ވަކިވަކިން ހާޒިރުކޮށް ތަހްގީގެއް ކުރުމަށްފަހު، އެ ކަމިޝަނުގެ ރައީސް، ޝަހީބާއި ނައިބު ރައީސާ ޒައިނާ ވަކި ކުރުމަށް ނިންމާ، ރިޕޯޓެއް އެކުލަވާލުމަށްފަހު މަޖިލީހަށް ފޮނުވީ ޖުލައި މަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
29 އޯގަސްޓް 2019 | ބުރާސްފަތި 17:53
ފިރާގު
ކީއްވެތޯ މެންބަރު ސަރާހަތު ގެ ނަން ނުކިޔަނީ.. އެމް.ޑީ.ޕީ ގެ ނުފޫޒު ގަދަ އަދި އަންނިގެ ގާތް އާއިލާއެއްގެ ބޭފުޅަކު ސަރާހަތާ ގުޅުން އޮންނާތީތޯ ނުވަތަ ސަރާހަތުގެ ބައްޕަ އިއްޒަތުގެ ނުފޫޒުންތޯ.. ނޫނީ ސާފު ތާހިރު ހުދު ފޮތިކޮޅެއްތޯ އެއީ.މި އޮފީސް ތެރޭގައި އެންމެ ގަދައަށް ދެކެވޭ ވާހަކަ.. މަޑުން ހުއްޓަސް ވަރަށް ނުބައި ރޯލް ކުޅޭ އަންހެނެއް.. މި ކޮމަންޓް ނުވެސް ޖަހާނެކަން ޔަގީން