Advertisement
ކ. މާލެ
|
29 އޯގަސްޓް 2019 | ބުރާސްފަތި 09:15
ވާރޭ ވެހޭތީ މީހަކު ކުޑައެއް ނަގައިގެން ސައިކަލުގައި ދަނީ. މުޅި ރާއްޖެއަށް މޫސުން ގޯސް ކަމަށް މެޓް އޮފީހުން ބުނޭ
ވާރޭ ވެހޭތީ މީހަކު ކުޑައެއް ނަގައިގެން ސައިކަލުގައި ދަނީ. މުޅި ރާއްޖެއަށް މޫސުން ގޯސް ކަމަށް މެޓް އޮފީހުން ބުނޭ
ޝުއައިބް މުހައްމަދު އިގްބާލް
މޫސުން
މިއަދު މުޅި ރާއްޖެއަށް މޫސުން ގޯސް، ސަމާލުވޭ!
ކުރިއަށް އޮތް 24 ގަޑިއިރުގައި ވެސް މޫސުން ގޯސްވާނެ

މުޅި ރާއްޖެއަށް މޫސުން ގޯސް ކަމަށާއި މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އޮފީހުން އިލްތިމާސް ކޮށްފިއެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުގައި ވެސް މޫސުން ގޯސްވާނެކަަމަށް ލަފާކުރެވޭތީ އެންމެހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެދޭކަމަށެވެ.

Advertisement

ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭ ވެހި ކަނޑު ގަދަވާނެކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ. ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދު ވައި ގަދަނާވެނެކަމަށް ލަފާކުރެވޭއިރު ވިލާގަނޑުގައި 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވާރޭވެހި ވައި ގަދަވުމުގެ ސަބަބުން ބައެއް ރަށްރަށަށް އެކިވަރުގެ ގެއްލުންތަކެއް ވަނީ ވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް