Advertisement
ކ. މާލެ
|
29 އޯގަސްޓް 2019 | ބުރާސްފަތި 08:59
އެމްޕީއެލް
އެމްޕީއެލް
މުހައްމަދު ޝަރުހާން
އެމްޕީއެލް
ދެ ކޮންޓެއިނަރުގެ މުދާ ބޭރު ކުރުމުގައި އަމަލުކުރީ އުސޫލާ އެއްގޮތަށް: އެމްޕީއެލް
ކުންފުނިން އަމަލުކުރީ މުދާ ދޫކުރުމުގައި ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖްރާއާތުތަކެއް ފުރިހަމަ ކުރުމަށް ފަހު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ހުޅުމާލެ ޓާމިނަލުން ދެ ކޮންޓެއިނަރެއްގެ މުދާ ބޭރު ކުރުމުގައި އަމަލުކުރީ އުސޫލާ އެއްގޮތަށް ކަމަށް އެމްޕީއެލްއިން ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ރާއްޖެއަށް ލަކުޑި އެތެރެކުރުމުގެ ނަމުގައި ގެނެވުނު ދެ ކޮންޓެއިނަރެއްގައި ކާރާއި ސައިކަލްތަކެއް ވަގަށް އެތެރެކުރަނިކޮށް، ކަސްޓަމްސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ހިންގުނު އޮޕަރޭޝަނުން ތިން ކާރު، ދެ ޕިކަޕް، ދެ ވޭން އަދި 14 ސައިކަލު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.

Advertisement

މިކަމާ ގުޅިގެން އެމްޕީއެލްއިން ނެރުނު ބަޔާނެއްގައި ބުނީ، އެ ދެ ކޮންޓެއިނަރަކީ މުދަލާ އެކު ހުރި ގޮތަށް ކޮންސައިނީގެ ސައިޓަށް ގެންގޮސް މުދާ ހުސްކުރަން ހަމަޖެހިފައިވާ ކޮންޓެއިނަރުތަކެއް ކަމަށާއި، އެކަމުގައި އެ ކުންފުނިން އަމަލުކުރީ މުދާ ދޫކުރުމުގައި ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖްރާއާތުތަކެއް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ.

މީގެއިތުރުން އެމްޕީއެލްއިން ބުނީ، މިހާތަނަށް ބެލި ބެލުމުން އެކަމުގައި އެ ކުންފުނީގެ އެއްވެސް އިހުމާލެއް ނެތް ކަމަށާއި، ތަހުގީގީ އިދާރާތަކަށް އެ ކުންފުނިން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ފުރިހަމައަށް އަންނަނީ ދެމުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް