ކ. މާލެ
|
29 އޯގަސްޓް 2019 | ބުރާސްފަތި 08:57
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު, އަބްދުﷲ ދީދީ
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު, އަބްދުﷲ ދީދީ
ޝުއައިބް މުހައްމަދު އިގްބާލް
ފަނޑިޔާރު އަބްދުﷲ ދީދީ
އެއްވެސް އިރެއްގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަންފާއެއް ހޯދަން މަސައްކަތެއް ނުކުރަން : އަބްދުﷲ ދީދީ
އަމިއްލަ ނަފްސަށް ވެސް ނުހައްގު އެއްވެސް މަންފާއެއް ހޯދުމަށް މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވި
ރާއްޖޭގެ މަސްރަހު އޮތް ގޮތުން މިފަދަ ދުވަހެއް އަތުވެދާނެކަމުގެ އިހްތިމާލެއް ނެތް ކަމަށް ބުނެވެން ނެތް ކަމަށް ވިދާޅުވި
ހުރިހާ ނުފޫޒަކުން އެއްކިބާވެގެންވާ ފަނޑިޔާރުގެއެއް ގާއިމުވެފައި އޮތުން މުހިއްމުވަނީ މިފަދަ ނޭދެވޭ އަސަރުތަކުން ފަނޑިޔާރުން ހިމާޔަތް ކުރުމަށްޓަކައި ކަމަށް

އެއްވެސް އިރެއްގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަންފާއެއް ހޯދުމަށް މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު, އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ދީދީ މިހެން ވިދާޅުވީ، ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި އޭނާ ފަނޑިޔާރުކަމުން ވަކި ކުރުމަށް ފާސްކުރުމުން، ނެރުއްވި ނޫސްބަޔާނެއްގައެވެ.

ދީދީ ނެރުއްވި ނޫސްބަޔާނުގައި ވަނީ އޭނާ އެއްވެސް އިރެއްގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެއްވެސް މީހަކަށް، އަދި އަމިއްލަ ނަފްސަށް ވެސް ނުހައްގު އެއްވެސް މަންފާއެއް ހޯދުމަށް މަސައްކަތް ނުކުރައްވާ ކަމަށެވެ.

ދީދީ މަގާމުން ވަކި ކުރެވުނު ދުވަސް ވަރަށް ކަޅު ދުވަހެއް ގޮތުގައި ސިފަ ކުރައްވަމުން ވިދާޅުވީ، ދިވެހިރާއްޖޭގެ މަސްރަހު އޮތް ގޮތުން އެފަދަ ދުވަހެއް އަތުވެދާނެކަމުގެ އިހްތިމާލެއް ނެތް ކަމަށް ބުނެވެން ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ފަނޑިޔާރެއްގެ މައްޗަށް ހުށައެޅޭ މައްސަލައެއްގައި މީހެއްގެ ގިންތިއަކަށް، ފަންތިއަކަށް މުޖުތަމައުގައި އެމީހެއްގެ ނުފޫޒު ހުރި މިންވަރަކަށް، އަދި އެމީހެއްގެ ވިސްނުން ހުރި ގޮތަކަށް ބެލުމެއް ނެތި ގޮތެއް ނިންމުމަކީ އެ ފަނޑިޔާރަކު ބޭނުން ނުވާ އެތައް ކަމަކާއި ކުރިމަތިކުރުވާ ކަމެއް ކަމުގައެވެ. އަދި ހުރިހާ ނުފޫޒަކުން އެއްކިބާވެގެންވާ ފަނޑިޔާރުގެއެއް ގާއިމުވެފައި އޮތުން މުހިއްމުވަނީ އެފަދަ ނޭދެވޭ އަސަރުތަކުން ފަނޑިޔާރުން ހިމާޔަތް ކުރުމަށްޓަކައި ކަމަށެވެ. އަދި ކުލައަކަށް، ނަސްލަކަށް، ބާރުވެރިކަމަށް ބެލުމެއްނެތި، އަނިޔާއިން މީހުން ހިމާޔަތްކޮށްދީ، ހައްގުތައް އޭގެ ހައްގުވެރިންނަށް ލިއްބައިދިނުމަށް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަބްދުﷲ ދީދީ ވަކިކުރަން މަޖިލީހުން ފާސްކުރީ 72 މެމްބަރުންގެ ވޯޓުންނެވެ. ދީދީ މަގާމުން ވަކިކުރަން ފެންނަ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވި ރިޕޯޓް، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތް ތަޅުމަށް ހުށަހެޅީ އަންގާރަ ދުވަހުއެވެ. އޭނާ ވަކި ކުރަން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފައިވަނީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އަށް މެމްބަރުންގެ އިއްތިފާގުންނެވެ.

- ކޮމެންޓް