Advertisement
ކ. މާލެ
|
28 އޯގަސްޓް 2019 | ބުދަ 15:22
ގދ. ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އައްސަދު
ގދ. ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އައްސަދު
ގޫގުލް
ގދ. ތިނަދޫ
ތިނަދޫ ކައުންސިލްގެ ރައީސް މަގާމުން ދުރުކުރުމަށް ނިންމައިފި
މަގާމުން ދުރުކުރުމަށް ފާސްކޮށްފައިވަނީ ތިނަދޫ ކައުންސިލްގެ 4 މެމްބަރުންގެ ވޯޓުން

ގދ. ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އައްސަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި، މަގާމުން ދުރުކުރުމަށް ނިންމައިފިއެވެ.

އޭނާ މަގާމުން ދުރުކޮށްފައިވަނީ ބުދަ ދުވަހު ބޭއްވުނު ކައުންސިލް ބައްދަލުވުމެއްގައެވެ. އައްސަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގާ، މަގާމުން ދުރުކުރުމަށް ފާސްކޮށްފައިވަނީ ތިނަދޫ ކައުންސިލްގެ 4 މެމްބަރުންގެ ވޯޓުންނެވެ.

Advertisement

އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެންގެވި ސަބަބު ރާއްޖެއެމްވީއަށް ހާމަ ކުރައްވަމުން އެ ކައުންސިލްގެ މެމްބަރުކަން ކުރައްވާ މަރިޔަމް ނަރީމާން ޝަރީފް ވިދާޅުވީ، އިތުބާރު ނެތް ކަމުގެ ވޯޓު ނެންގެވީ، ކައުންސިލްގެ ރައީސް، އެހެން ކައުންސިލްގެ މެމްބަރުންނާއި މަޝްވަރާނުކޮށް ނިންމުންތައް ނިންމާ، ކައުންސިލްގެ އެހެން މެމްބަރުންނާއި އޮންނަ ގުޅުން ކުޑަވުމުގެ ސަބަބުން ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ނުދެވޭ ކަމަށް ގަބޫލު ކުރެވުމުން ކަމަށެވެ.

ނަރީމާން ވިދާޅުވީ، ތިނަދޫ ކައުންސިލްގެ ރައީސް މަގާމުން ވަކި ކުރެވުނީ، މައްސަލަތައް ރަނގަޅު ކުރުމަށް އެތައް ފުރުސަތެއް ދިނުމަށް ފަހުކަމަށެވެ. އެގޮތުން އޭނާއަށް ރަނގަޅު ކުރުމަށް ނޯޓިސް އެއް ދިނުމަށް އެ ކައުންސިލުން ޖުލައި މަހު ނިންމި ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް