Advertisement
ކ. މާލެ
|
28 އޯގަސްޓް 2019 | ބުދަ 12:47
ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަހުމަދު
ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަހުމަދު
މުހައްމަދު ޝަރުހާން
ފުލުހުން
ކުރީގެ ހޯމް މިނިސްޓަރ އަޒްލީނަށް ހަމަލާދީފި
އަޒްލީނަށް މީހަކު މަގުމަތީގައި ހުރަސްއަޅައިގެން ހުރި ކަމަށް ވަނީ މައުލޫމާަތު ލިބިފަ
އެއްވެސް އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުން ގާތު އަޒްލީން ވިދާޅުވި

ކުރީގެ ހޯމް މިނިސްޓަރ އަހުމަދު އަޒްލީނަށް ހަމަލާ ދީފިއެވެ.

ރާއްޖެެއެމްވީއަށް މަައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބުދަ ދުވަހުގެ 00:03 ހާއިރު އަޒްލީނަށް މީހަކު މަގުމަތީގައި ހުރަސްއަޅައިގެން ހުރި ކަމަށެވެ. އަދި އެމަގުން ދިޔަ ކުލަ ހެދުމުގައި ތިބި ފުލުހުންތަކަކަށް އެ މަންޒަރު ފެނުމުން، ވަގުތުން ހާދިސާ ހިނގި ތަނަށް ގޮސްފައިވާކަމަށް ވިދާޅުވިއެވެ. މި ހާދިސާގައި އެއްވެސް އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުން ގާތު އަޒްލީން ވިދާޅުވި ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

Advertisement

މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފަ ނުވާ ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އިތުރު މައުލޫމާތު ހޯދުމުގެ ގޮތުން ރާއްޖެއެމްވީއިން އަޒްލީނަށް ގުޅުމުން ފޯނަށް ޖަވާބުދާރު ވެވަޑައިގެންފައެއް ނުވެއެވެ.

އަޒްލީނަކީ ރައީސް ޔާމިނުގެ ސަރުކާރުގެ ހޯމްމިނިސްޓަރެވެ. އޭނާ ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ހޯމަ ދުވަހުގެ ރޭ ސޮއި ކުރައްވާފައެވެ. އަޒްލީން އާއި އެކު ޖޭޕީއަށް ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި، ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު، ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް، ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އަސްއަދް, އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު، އިތުރުން ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގްބާލް އާދަމް ހިމެނިވަޑައިގަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް