Advertisement
ކ. މާލެ
|
28 އޯގަސްޓް 2019 | ބުދަ 07:36
ކަރާ ދަނޑެެއް
ކަރާ ދަނޑެެއް
ޓްވިޓަރ
މަޖިލިސް
ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާ ބެހޭ ބިލު މަޖިލީހުން ބަލައިގަނެފި
މަޖިލީހުން މި ބިލް ބަލައިގަނެފައިވަނީ 70 މެމްބަރުންގެ ވޯޓުން

ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާ ބެހޭ ބިލު މަޖިލީހުން ބަލައިގަނެފިއެވެ.

މަޖިލީހުން މި ބިލް ބަލައިގަނެފައިވަނީ 70 މެމްބަރުންގެ ވޯޓުންނެވެ. މި ބިލް އިތުރަށް ދިރާސާ ކުރުމަށް، މަޖިލީހުގެ އިގްތިސާދީ ކޮމެޓީއާއި އެންވަޔަރަމެންޓް ކޮމިޓީ އާއި ގުޅިގެން އެކުލަވާލެވޭ ކޮމެޓީއަކަށް ފޮނުވުމަށް ގަސްތު ކުރައްވާކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވިއެވެ.

ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާބެހޭ ބިލު ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާނެވެ.

Advertisement

މި ބިލްހުށަހެޅުމުގެ މައިގަނޑު މަގްސަދުތަކަކީ ދެމެހެއްޓެނިވި ގޮތުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ދިވެހިރާއްޖޭގައި ކުރިއެރުވުމަށްޓަކައި، ޕެސްޓިސައިޑްގެ ގޮތުގައި ބޭނުން ކުރާ ބާވަތްތައް ދަނޑުވެރިކަމުގައި ބޭނުންކުރުމާއި، ޕެސްޓިސައިޑް ރާއްޖޭގައި އުފެއްދުމާއި އިމްޕޯޓު ކުރުމާއި އެކްސްޕޯޓުކުރުމާއި ވިއްކުމާއި ބޭނުންކުރުމާއި ނައްތާލުމާއި ބެހޭ އުސޫލުތައް ކަނޑައެޅުމެވެ.

އޭގެ އިތުރުން، ދިވެހި ރާއްޖެއިން ބައިވެރިވެފައިވާ ޕެސްޓިސައިޑާ ގުޅުންހުރި އެންމެހައި ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ރާއްޖެއިން އުފުލަންޖެހޭ ޒިންމާތައް ތަންފީޒުކުރުމާއި ގުޅޭ އުސޫލުތައް ބަޔާން ކުރުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ. އަދި ޕެސްޓިސައިޑް ބޭނުން ކުރުމުގައި އާންމު ސިއްހަތާއި ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް ކުރާ އަމަލުތައް ބަލައި ފިޔަވަޅުއެޅުންވެސް މި ބިލް ހުށަހެޅުނު މަގްސަދު ތަކުގެ ތެރޭގައި ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް