Advertisement
ކ. މާލެ
|
28 އޯގަސްޓް 2019 | ބުދަ 07:02
ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީސް
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މިނިމަމް ވޭޖާއި ބެހޭ ގަރާރު ގެ ފުރަތަމަ ކިއުން އިއްވައިފި
މި ގަރާރުގައި އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައަޅާނޭ އުސޫލު ގާއިމު ކުރެވުމަކީ މިހުއްމުކަމެއް ކަމުގައި ވޭ
އެ އުސޫލާއި އެއްގޮތަށް އަދަދު ކަނޑައެޅުމަކީ ބޭނުންތެރިކަމެއް ކަމަށްވެސް ވޭ

އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ (މިނިމަމް ވޭޖް) ކަނޑައެޅުމާ ގުޅޭ ގަރާރުގެ ފުރަތަމަ ކިއުން އިއްވައިފިއެވެ.

ގަރާރުގެ ފުރަތަމަ ކިއުން އިއްވާފައިވަނީ އަންގާރަ ދުވަހު ރޭގެ މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ ނައިބުރައީސް، އީވާ އަބްދުﷲ އެވެ. މި ގަރާރު ހުށަހެޅުއްވީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދެވެ.

Advertisement

މި ގަރާރުގައި އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައަޅާނޭ އުސޫލު ގާއިމު ކުރެވި، އެ އުސޫލާއި އެއްގޮތަށް އަދަދު ކަނޑައެޅުމަކީ ބޭނުންތެރިކަމެއް ކަމަށް ވެއެވެ. އަދި އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައަޅުމަކީ ދިވެހިންނަށް އެކަށީގެންވާ މުސާރައާއިއެކު ވަޒީފާގެ ފުރުސަތުތައް ފަހިވެގެން ދާނެ ކަމެއް ކަމަށް ވެސް މި ގަރާރުގައި ވެއެވެ. އަދި ދިވެހިންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އިންސާނުން ގެންގުޅުމަށް އެކަށީގެންނުވާ ތަންތަނުގައި ބިދޭސީން ގެންގުޅެ، އާދަޔާއިޚިލާފަށް ކުޑަ އުޖޫރައަކަށް އެމީހުން ލައްވާ މަސައްކަތް ކުރުވުން ކަމުގައިވެސްވެއެވެ.

އުޖޫރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ އަދަދު ގާނޫނުން ކަނޑައެޅުމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އުޖޫރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ އަދަދު ކަށަވަރުވުމާއި އެ ގާނޫނުން މަސައްކަތްތެރީންގެ ހައްގުތައް ހިމާޔަތް ކުރުމަކީ މި ސަރުކާރުން މަސައްކަތްތެރީންނަށް ވެފައިވާ އެންމެ މުހިއްމު އެއް ވައުދެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް