Advertisement
ކ. މާލެ
|
27 އޯގަސްޓް 2019 | އަންގާރަ 13:13
މާފުށީ ޖަލު
މާފުށީ ޖަލު
ޓްވިޓަރ
މާފުށީ ޖަލު
ޤައިދީން އަނބުރާ މުޖުތަމައަށް ގެނައުމަށް "އުއްމީދު ޕްރޮގްރާމް" ފަށައިފި
ތަފާތު ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދެވޭނެ
އަމަލީ މަސައްކަތްތަކުން ތަމްރީނު ކުރެވޭނެ
މި ރިހެބިލިޓޭޝަން ޕްރޮގްރާމް ފަށާފައިވަނީ 108 ޤައިދީންނާއެކު

ޤައިދީން އަނބުރާ މުޖުތަމައުއަށް ގެނައުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން "އުއްމީދު ޕްރޮގްރާމް" ފަށައިފިއެވެ.

މާފުށީޖަލުގައި ތިބި ޤައިދީންގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލަށް ލާފައިވާ ޤައިދީން އިސްލާހުކޮށް، މުޖްތަމައުއަށް އަނބުރާ ގެނައުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން މި ޕްރޮގްރާމް ފަށާފައިވާއިރު، މޯލްޑިވްސް ކަރެކްޝަންސް ސާރވިސްއިން ބުނީ، މި ޕްރޮގްރާމްގެ ދަށުން ޤައިދީންނަށް މަސްތުވާތަކެއްޗާއި ދުރުވުމަށް ބާރުއަޅައި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށާއި، ޕްރޮގްރާމްގެ އެކި މަރުހަލާތަކުގައި ތަފާތު ދިރިއުޅުމުގެ ހުނަރާއި، އާންމު ސިއްހީ ހޭލުންތެރިކަމުގެ އިތުރުން، އިސްލާމީ ތައުލީމު އަދި ހަށިގަނޑުގެ ތަރުބިއްޔަތު ހިމަނާފައިވާނެ ކަމަށެވެ.

އޭގެ އިތުރުން، ޖަލުން މިނިވަންވެ، އަބުރުވެރި ދިރިއުޅުމެއް ފެށުމަށްޓަކައި އާމްދަނީ ހޯދުމަށް ކުރާނެ އަމަލީ މަސައްކަތްވެސް ޤައިދީންނަށް ދަސްކޮށްދެވިގެންދާނެ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

Advertisement

މާފުށީ ޖަލުގައި 108 ޤައިދީންނާއެކު މި ރިހެބިލިޓޭޝަން ޕްރޮގްރާމް ފަށާފައިވާއިރު، ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްފާޟިލް އަލީ ޒާހިރެވެ. އެގޮތުން ކަރެކްޝަންސް އިން ބުނީ މި ޕްރޮގްރާމް 6 މަސް ދުވަހަށް ކުރިއަށްދާނެ ކަމަށާއި، އަމާޒަކީ ޤައިދީން އިސްލާހުކޮށް، މުޖުތަމައަށް ބޭނުންހިފޭ ބައެއްގެ ގޮތުގައި އަނބުރާ މުޖްތަމައުއަށް ނެރުން ކަމަށެވެ. އެގޮތުން މި ޕްރޮގްރާމްގައި ނެޝަނަލް ޑްރަގް އެޖެންސީގެ ބޭފުޅުންނާއި، ކަރެކްޝަންސްގެ އޮފިސަރުންގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން ކްލާސްތައް ނަންގަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި ޤައިދީން އަނބުރާ މުޖުތަމައަށް ނެރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް