ކ. މާލެ
|
24 އޯގަސްޓް 2019 | ހޮނިހިރު 20:16
ރަނޫ ރިކޯޑް ކުރި ލަވަޔަށް ކިޔަނީ "ތޭރީ މޭރީ ކަހާނީ"
ރެއިލްވޭ ސްޓޭޝަނެއްގައި ލަވަކީ މީހާ
ރެއިލްވޭ ސްޓޭޝަނެއްގައި ލަވަކީ މީހަކަށް ބޮޑު ފުރުސަތެއް
އަންހެން މީހާ އަކީ އިންޑިއާގެ ކޮލްކަޓާއަށް ނިސްބަތްވާ މީހެއް
ވީޑިއޯ ފުރަތަމަ ޕޯސްޓް ކޮށްފައިވަނީ ޖުލައި މަހުގެ 28 ވަނަ ދުވަހު
ވީޑިއޯއަށް ވަނީ ދެ ދުވަހުގެ ތެރޭގައި ދެ މިކިއަނެއްހާ ވިއުސް ލިބިފަ

އިންޑިއާގެ ހުޅަނގު ބެންގަލް ރެއިލްވޭ ސްޓޭޝަންގައި ލަވަކިޔަން ހުއްޓާ ވީޑިއޯކޮށް އިންޓަރނެޓްގައި ވައިރަލްވި އަންހެން މީހާގެ ފުރަތަމަ ލަވަ ބޮލީވުޑްގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ، އެކްޓަރ އަދި ޑިރެކްޓަރ ހިމޭޝް ރެޝަމިއްޔާ އާއި އެކީ ރިކޯޑް ކޮށްފިއެވެ.

ރަނޫ މޮންޑަލް ނަމަކަށް ކިޔާ ކޮލްކަޓާ އަށް ނިސްބަތްވާ މި އަންހެންމީހާ އަށް ވަނީ ތަފާތު ގިނަ ރިއަލިޓީ ޝޯ ތަކާ ލަވަކިޔުމުގެ ޕްރޮގްރާމް ތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެނަ ދިޔައެވެ. އެ ގޮތުން އޭނާ މިހާރު ދަނީ އިންޑިއާގެ "ސުޕާސްޓަރ ސިންގަރ"ގައި ބައިވެރިވެ ވާދަ ކުރަމުންނެވެ.

މި ޕްރޮގްރާމްގައި ރަނޫ ދެއްކި ލަވަ ކިޔުމުގެ ހުނަރާއެކު ހިމޭޝް ރެޝަމިއްޔާ ވަނީ އޭނާގެ ފަހުގެ ފިލްމު "ހެޕީ ހާރޑީ އެންޑް ހީރް" ގެ ލަވައެއް ކިޔުމުގެ ފުރުސަތު ރަނޫ އަށް ދީފައެވެ. ހިމޭޝް ވަނީ އޭނާގެ އިންސްޓަގްރާމްގައި ރަނޫ ލަވަ ރިކޯޑް ކުރަމުންދާ މަންޒަރު ޝެއަރ ކޮށް ހިތްވަރު ހުރެއްޖެ ނަމަ ހުވަފެންތައް ހާސިލް ކުރެވޭނެކަމަށް ބުނެފައެވެ. ހަމޭޝް ވަނީ ރަނޫ ރީތި އަޑަށް ތައުރީފް ކޮށް އޭނާއާ އެކީ ލަވަ ރިކޯޑް ކުރުމަށް ލިބޭތީ އުފާވާ ކަމަށް ބުނެފައެވެ.

ސޯޝަލް މީޑީއާގައި ގިނަ ބަޔަކު ދަނީ ރަނޫގެ އަޑަށް ތައުރީފުކޮށް އޭނާއަށް މި ފުރުސަރު ދިނީތީވެ ހިމޭޝް އަށް ވެސް ތައުރީފް ކުރަމުންނެވެ. ރަނޫ ރިކޯޑް ކޮށްފައިވަނީ "ތޭރީ މޭރީ ކަހާނީ" ނަމަކަށް ކިޔާ ލަވައެވެ.

ރަނޫ ލަވަކިޔާ ވީޑިއޯ އެންމެ ފުރަތަމަ ޝެއަރ ކޮށްފައިވަނީ ފޭސްބުކްގެ "ބަރްޕެޓާ ޓައުން ދަ ޕްލޭސް އޮފް ޕީސް' ގައި ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ. އެ ވީޑިއޯއަށް ވނީ ދެ ދުވަހުގެ ތެރޭގައި ދެ މިލިއަނެއްހާ ވިއުސް ލިބިފައެވެ.

- ކޮމެންޓް