ރަޝިއާގައި ފަސިންޖަރުން އުފުލާ ފްލައިޓަކަށް ދިމާވި އެމަރޖެންސީ ހާލަތަކާއި ގުޅިގެން ކުޅަދާނަ ކަމާއެކު ޒުވާރި ދަނޑަކަށް ފްލައިޓުގެ އެމަރޖެންސީ ލޭންޑިންގއެއް ކޮށްފިއެވެ.
މޮސްކޯގެ ސިޓީއެއް ކަމަށްވާ ޒުކޮފްސްކީގައި މި ފްލައިޓް އެމަރޖެންސީކޮށް ޖައްސާފައިވާއިރު، ފްލައިޓުގައި އޭރު 223 ފަސިންޖަރުންނާއި 7 ކްރޫއިން ތިބި ކަމަށް އަލް ޖަޒީރާ ނޫހުގައި ރިޕޯރޓްކޮށްފައިވާއިރު، ފްލައިޓް އެމަރޖެންސީކޮށް ޖައްސަންޖެހުނީ އުދުހިފައި ދިޔަ ދޫނިތަކެއް އިންޖީނުގައި ޖެހުމުގެ ސަބަބުން ކަމަށް ރިޕޯރޓްތައް ބުނެއެވެ.
#Russia: A-321 of Ural airlines crashlanded near Zhukovskiy of Moscow region after bird strike. 10 wounded. Piliots managed to land a plane in the field https://t.co/r2XoFs37Wt pic.twitter.com/JHRpOOtH9g
— Liveuamap (@Liveuamap) August 15, 2019
އެއާލައިންގެ ޖެނެރަލް ޑިރެކްޓަރާ ހަވާލާދީ އެޤައުމުގެ ނޫސްތަކުން ރިޕޯރޓްކޮށްފައިވާ ގޮތުގައި ފްލައިޓުގެ 2 އިންޖީނު ތެރެއަށްވެސް މި ދޫނިތައް ވަދެފައިވާއިރު، އެމަރޖެންސީ ލޭންޑިންގ އެއް ކޮށްފައިވަނީ ރަންވޭއާއި 1 ކިލޯމީޓަރު ދުރުގައި ފްލައިޓް އޮއްވައެވެ.
އެކަމާ ގުޅިގެން އެޤައުމުގެ ސިއްހަތާބެހޭ ވުޒާރާއިން ރިޕޯރޓްކޮށްފައިވާ ގޮތުގައި މި ހާދިސާގައި 23 މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާއިރު، އޭގެ ތެރޭގައި 9 ކުޑަކުދިންވެސް ހިމެނެއެވެ. އެގޮތުން އެ ފަރާތްތަކަށް ވަގުތުން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވިފައިވެއެވެ.
މިހާދިސާއާ ގުޅިގެން ފްލައިޓް ދުއްވަން އިން ޕައިލެޓަށް ގިނަބައެއްގެ ތައުރީފް އޮހެމުންދާއިރު، މިއީ ކުޅަދާނަ ލޭންޑިންގއެއް ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.