Advertisement
ކ. މާލެ
|
9 އޯގަސްޓް 2019 | ހުކުރު 08:30
ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސާ ފެޑެރީކާ މޮގެރީނީ
ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސާ ފެޑެރީކާ މޮގެރީނީ
ހާރިޖީ ވުޒާރާ
ފެޑެރީކާ މޮގެރީނީ
މަސްވެރިކަމުގެ ސިނާއަތުން ދެފަރާތަށް ވެސް ފައިދާ ކުރާނެ ހައްލެއް ހޯދަން މަސައްކަތް ކުރާނަން: މޮގެރިނީ
މަސްވެރިކަމަކީ ދިވެހިންނަށް ކިހާ މުހިންމު ސިނާއަތެއްކަން އެނގި ވަޑައިގަންނަވާ
މި ކަމަށް ހައްލު ހޯދުމަށް ބްރަސިލްސް އަށް އެނބުރި ވަޑައި ގަތުމަށް ފަހު އީޔޫގައި މިކަމާ ގުޅޭގޮތުން މަޝަވަރާކުރާނަން
ދެމެހެއްޓެނިވި ހައްލެއް ހޯދުމަށްޓަކައި ދެފަރާތުގެ އެއްބާރުލުންވެސް މުހިންމު

މަސްވެރިކަމުގެ ސިނާއަތުން ދެފަރާތަށް ވެސް ފައިދާ ކުރާނެފަދަ ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސާ ފެޑެރީކާ މޮގެރީނީ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަމުން، މޮގެރީނީ ވިދާޅުވީ މަސްވެރިކަމަކީ ދިވެހިންނަށް ކިހާ މުހިންމު ސިނާއަތެއްކަން އެނގި ވަޑައިގަންނަވާ ކަމަށާއި މި ސިނާއަތުން ދެފަރާތަށް ވެސް ފައިދާ ކުރާނެ ފަދަ ދެމެހެއްޓެނިވި ހައްލެއް ހޯދަން މަސައްކަތް ކުރަންޖެހޭ ކަމުގައެވެ.

Advertisement

ވަގުތުން ވަގުތަށް މި މައްސަލައަށް ރަނގަޅު ފައިދާކުރަނިވި ހައްލެއް ހޯދައި ނުދެވުނު ކަމުގައި ވިޔަސް ބްރަސިލްސް އަށް އެނބުރި ވަޑައި ގަތުމަށް ފަހު އީޔޫގައި މިކަމާ ގުޅޭގޮތުން މަޝަވަރާކޮށް މުސަތަގުބަލުގައި މިކަމަށް ހައްލެއް ހޯދާދިނުމަށް މަސައްކަތް ކޮށްދޭނެ ކަމުގެ ޔަގީންކަށް އެކަމަނާ ވަނީ ދެއްވާފައެވެ.

"މިކަމަށް ފައިދާކުރަނިވި ރަނގަޅު ހައްލެއް ހޯދާދެވޭނެ ކަމުގެ ޔަގީންކަން ނުދެވުނު ކަމުގައި ވިޔަސް މި ކަމަށް ހައްލު ހޯދުމަށް ބްރަސިލްސް އަށް އެނބުރި ވަޑައި ގަތުމަށް ފަހު އީޔޫގައި މިކަމާ ގުޅޭގޮތުން މަޝަވަރާކޮށް މުސަތަގުބަލުގައި މިކަމަށް ހައްލެއް ހޯދާދިނުމަށް މަސައްކަތް ކޮށްދޭނެ ކަމުގެ ޔަގީންކަށް އަޅުގަނޑު ދިވެހި ރައްޔިތުންނަށް އަރުވަން،"
ފެޑެރީކާ މޮގެރީނީ

މޮގެރިނީ އިތުރަށް ވިދާޅުވީ އީޔޫގެ ގައުމުތަކަށް ރާއްޖެ އިން އެކްސްޕޯޓް ކުރާ މަހާއި މަހުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ކުޑަ ކުރަން މަސައްކަތް ކޮށްދެއްވާނެ ކަމުގައެވެ. އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށްޓަކައި ދެފަރާތުގެ އެއްބާރުލުން ވެސް މުހިންމު ވާނެ ކަމަށް އެ ކަމަނާ ފާހަގަ ކުރެއްވިއެވެ.

ރާއްޖެއަށް މޮގެރިނީ މި ކުރެއްވި ޒިޔާރަތުގައި އެކަމަނާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލު ކުރައްވާ އީޔޫގެ ގައުމުތަކާ ރާއްޖެއާ ދެމެދު އޮންނަ ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކާ މަޝްވަރާ ކުރައްވާފައެވެ. މި ދަތުރުފުޅުގައި އެކަމަނާ ވަނީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވާފައެވެ. މިއީ އެ ކަމަނާ ޔޫރަޕްގެ ގައުމެއް ނޫން ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުގައި ތަގްރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް