Advertisement
ކ. މާލެ
|
2 އޯގަސްޓް 2019 | ހުކުރު 20:54
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ރާއްޖެއެމްވީ
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
އަދީބު އިންޑިއާއަށް ވަޑައިގެންނެވީ ޕާސްޕޯޓާއިއެކު!
އަދީބު އަދިވެސް ހުންނެވީ ޓަގު ބޯޓުގައި
އަދީބު ފިލުވުމުގައި އެހީތެރިވި ފަރާތްތަކުގެ މައްސަލަ ތަހުގީގުކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައި
އަދީބު ޚިޔާނާތްތެރިވިކަމަށް ބުނާ މައްސަލަ ދައުލަތުން އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިންޑިއާއަށް އެތެރެވާން އުޅުއްވީ ޕާސްޕޯޓު ހިފައިގެންކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.

އިންޑިއާގެ ޓުޓްކޮރިން ބަނދަރުން އެ ގައުމަށް އެތެރެވާން އުޅެނިކޮށް އަދީބު ހައްޔަރު ކޮށްފައިވަނީ އޮގަސްޓު މަހުގެ 1 ވަނަ ދުވަހުއެވެ. އިންޑިއާގެ ނޫސްތަކުގައިބުނެފައިވަނީ އަދީބު އިންޑިއާއަށް އެތެރެވާން އުޅުނީ ޓަގް ބޯޓެއްގެ ފަޅުވެރިއަކަށް ވެގެން ކަމަށެވެ. އެނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ވަރގޯ-9 ކިޔާ އެ ޓަގުބޯޓުގައި 9 ފަޅުވެރިއަކު ތިއްބެވެ.

އިންޑިއާގެ އޮފިޝަލުންނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ވަނީ އަދީބު އެ ގައުމަށް އެތެރެވާން އުޅުނީ ރަސްމީ އެއްވެސް ލިޔެކިޔުމެއް ނެތި އަދި އިންޑިއާގެ ހުއްދައަކާ ވެސް ނެތި ކަމަށެވެ. އަދި އެތެރެވާން އުޅުނީ އެ ބޯޓުގެ ފަޅުވެރިއަކަށް ވެގެންކަމަށް ވެސް ނޫސްތަކުގައި ވެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެ ބޯޓަށް އިންޑިއާގެ ފުލުހުންނާއި ކަސްޓަމްސްގެ އޮފިޝަލުން އަރާ އަދީބުގެ މައުލޫމާތު ދޭން އެދުމުން އޭނާ ދެއްކެވީ ޕާސްޕޯޓެވެ.

އަދީބުގެ ޕާސްޕޯޓް ރާއްޖެއިން ވަނީ ހިފަހައްޓާފައެވެ. އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ދައުލަތުން އެދިގެން މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ. އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމަށް އިމިގްރޭޝަންގެ މައްޗަށް ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ ވަގުތީ އަމުރަކަށް އެދި ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅިގެން އަމަލު ކުރަން ޖެހޭ ދުސްތޫރީ އަދި ޝަރުއީ ގާނޫނުގެ އުސޫލުތަކުގެ މައްޗަށާއި، އަދި މިމައްސަލައިގެ ބާވަތަށް ބަލައި ވިސްނުމަށް ފަހު، މި މައްސަލައާ މެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަންދެން، ނުވަތަ ވަކި ގޮތެއް އަންގަންދެއް އަދީބުގެ ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރު ކުރާކަމަށެވެ.

ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށައަޅާފައިވަނީ އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޚިޔާނާތުގެ ހުކުމް ހައިކޯޓުން ބާތިލް ކުރުމާއި ގުޅިގެންނެވެ. އެ ހުށައެޅުމުގައި ވަނީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރަކަށް އެދޭކަމަށެވެ.

މިކަމާއި ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހަސަން (ހަނަފީ) ރާއްޖެއެމްވީއަށް ވިދާޅުވީ އަދީބު އަތްޕުޅުގައި އެއްވެސް ސައްހަ ލިޔުމެއް ނޯންނާނެ ކަމަށާއި ހުރިހާ ޓްރެވެލް ޑޮކިއުމެންޓަކާއި "ވެލިޑް ޑޮކިއުމެންޓްސް" ސުޕްރީމް ކޯޓުގެ އަމުރާއި އެކު އިމިގްރޭޝަނުން ކެންސަލް ކޮށްފައިވާ ކަމަށެވެ.

Advertisement

ޕާސްޕޯޓް ހިފަހައްޓައިފި ނަމަ އެމީހަކަށް ރާއްޖެއިން ބޭރަށް ފުރުމުގެ އެއްވެސް ހުއްދައެއް ނޯންނާނެއެވެ. ޕާސްޕޯޓް ހިފެހެއްޓިކަމުގައި ވިއަސް އެމީހެއްގެ އަތުގައި ޕާސްޕޯޓް އޮންނާނެއެވެ. ނަމަވެސް ރަސްމީ އެއްވެސް ބޭނުމެއްގައި ބޭނުމެއް ނުކުރެވޭނެއެވެ.

ފުލުހުން އަދީބު ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެ ބަޔާން ނެރެފައިވާއިރު އަދީބުގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުން ވަނީ އޭނާއަށް ސިޔާސީ ނުފޫޒު ފޯރުވާފައިވާ ކަމަށާއި މަޖުބޫރުން ސޮއި ކުރުވަނީ އޭނާ ނުކުރާކަމަށް މަޖުބޫރުން އިއުތިރާފު ކުރުވައިގެން ކަމަށެވެ. އަދީބު ވަނީ އދ.ގެ ހިމާޔަތަށް ވެސް އެދިލައްވާފައެވެ.

ފުލުހުން ބުނީ އެކުވެރި ގައުމުތަކާ ގުޅިގެން އަދީބު ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަދީބު ފިލުވުމުގައި އެހީތެރިވި މީހުންގެ މައްސަލަ ތަހުގީގުކޮށް އެ ބަޔަކަށް ގާނޫނުގައިވާ ގޮތުގެ މަތިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި އަދީބު ހުންނެވި ޓަގުބޯޓު އަދިވެސް ވަނީ ހިފަހައްޓާފައެވެ. އަދި އަދީބު ވެސް ހުންނެވީ އެ ޓަގު ބޯޓުގައި ކަމަށް ނޫސްތަކުގައި ބުނެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް
2 އޯގަސްޓް 2019 | ހުކުރު 22:14
ބުރޯ
އންޑިޔާގެ ޖަލުގައި ބަހައްޓަން ފެނޭ. މި ޤައުމަށް ގެންނާނެ ކަމެއްނެތް. މި ނޫހުގައި ކޮމެންޓްތައް ޝާޢިއު ނުކުރަނީ ކީއްވެ؟ ކޮމެންޓެއް ކޮށްލާނެ މީހަކު ނުވަނީތަ؟
2 އޯގަސްޓް 2019 | ހުކުރު 21:19
ބަލިކަށި
މިޔައްވުރެއް ބަލިކަށި ނިކަމެރި ވެރިކަމެއް ނުދެކެން މިދިޔަ 50 އަހަރުގެ ތެރޭގަ!
2 އޯގަސްޓް 2019 | ހުކުރު 19:48
ދެރަ
ރަތްލާޖެހި ބޮޑެތި ވަގުން ވެސް ވަޑައިގަންނަވަނީތަ؟
2 އޯގަސްޓް 2019 | ހުކުރު 19:25
މަގޭ
ހިފަހައްޓާފަ ވާ ޕާސްޕޯޓް އަތުގަ ؟