Advertisement
ކ. މާލެ
|
2 އޯގަސްޓް 2019 | ހުކުރު 16:34
ގދ. ތިނަދުއަށް އުދައަރާފައި
ގދ. ތިނަދުއަށް އުދައަރާފައި
ފޭސްބުކް
އުދައެރުން
ތިނަދޫއަށް އުދައަރަން ފަށައިފި
އުދައިގެ އަސަރު ރަށުތެރެއަށް 200 ފޫޓަށް ވަނީ ކޮށްފައި
އަރަން ފަށާފައިވަނީ ހުކުރު ދުވަހު މެންދުރުފަހު 1:30 ހާއިރު

ގދ. ތިނަދޫއަށް އުދައަރަން ފަށައިފި އެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަސްއަދު ވިދާޅުވީ ތިނަދޫއަށް އުދަ އަރަން ފަށާފައިވަނީ ހުކުރު ދުވަހު މެންދުރުފަހު 1:30 ހާއިރު ކަމަށެވެ.

Advertisement

އުދައިގެ އަސަރު ރަށުގެ 200 ފޫޓަށް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އުދައެރުމުގެ ސަބަބުން އެރަށުގައި ހުންނަ ދިރާގު އޮފީސް އިމާރާތަށް ވެސް ލޮނުގެ އަސަރު ކޮށްފައިވާ ކަމަށްވެސް އަސްއަދު ވިދާޅުވިއެވެ.

އިރުވައި މޫސުމުގައި އާންމުކޮށް އުދަ އަރާ. އެކަމަކު މިހާބޮޑަށް މިއިން ޒަމާނަކު އުދަ އަރާފައެއް ނުވޭ. އައިސް ޕްލާންޓް ޖެޓީ އިންނަ ހިސާބުން ފެށިގެން ރަށުގެ ހޮސްޕިޓަލްގެ ދެކުނު ކޮޅާއި ހަމައަށް ވަނީ އުދަ އަރާފައި
ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަސްއަދު

އާބާދީގައި 12،000 އެއްހާ މީހުން ދިރިއުޅޭ ތިނަދޫގައި ކަނޑު ދަތުރުފަތުރުކުރާ އުޅަނދުތައް ވަރަށް ގިނަކަން ފާހަގަ ކުރައްވާ އަސްއަދު ވިދާޅުވީ ރާޅު ބޮޑު ވުމުގެ ސަބަބުން ޖެޓީގައި ޖެހި އުޅަނދުފަހަރަށް ގެއްލުމެއް ލިބިދާނެތީ ފަޅުވެރިން އުޅަނަދުތަކުގައި މިހާރުވެސް ހަރަކާތްތެރިވާ ކަމަށެވެ.

އަސްއަދު ވިދާޅުވީ ތިނަދުއަށް އުދަ އެރުމުގެ މައްސަލަ ދިމާވަނީ އެރަށުގެ ބޭރު ތޮށި ނެތުމުން ކަމަށާއި ބޭރު ތޮށި ހެދުމަށްޓަކައި ސަރުކާރާއި އެކު މަޝްވަރާކޮށް ތޮށި ލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ޕްލޭނިން މިނިސްޓްރީން ކުރިއަށް ގެންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް