Advertisement
ކ. މާލެ
|
2 އޯގަސްޓް 2019 | ހުކުރު 12:33
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އޮތޮރިޓީ އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އޮތޮރިޓީ އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ
ޝުއައިބް މުހައްމަދު އިގްބާލް
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަ
މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓެކްސީގެ ހިދުމަތް ދެވޭނީ ތިން އެޕަކަށް
ތިން ފަރާތަކީ އަވަސް ރައިޑް، އެ އައީ އަދި ޕިކްމީ
ހުޅުލެ އިން ހުޅުމާލެ އަށް ކުރެވޭ ދަތުރެއްގެ އަގަކީ 60ރ
ހުޅުމާލެއިން މާލެއަށް ކުރެވޭ ދަތުރެއްގެ ގޮތުގައި ކަނޑައެޅީ 75ރ

ޓެކްސީގެ ދަތުރުގެ ހިދުމަތް 1 އޮގަސްޓުން ފެށިގެން މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ތިން ފަރާތަކަށް ދީފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ތިން ފަރާތަކަށް މި ހިދުމަތް ދިނުމަށް ހުއްދަ ދީފައިވާއިރު، އެ ތިން ފަރާތަކީ އަވަސް ރައިޑް، އެ އައީ އަދި ޕިކްމީއެވެ.

Advertisement

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އޮތޮރިޓީ އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރާ ހަވާލުވީއިރު ވަރަށް ގިނަ ރައްޔިތުންގެ ޝަކުވާއަށް ވެފަ އޮތީ ޓެކްސީ ނުލިބޭ މައްސަލައާއި އަދި ޓެކްސީގެ އަގުތައް ބޮޑުކަމަށެވެ.

ރައްޔިތުންގެ ޝަކުވާތަކަށް ހެޔޮ ބަދަލެއް ގެނައުމުގެ ގޮތުން ޓެކްސީ ސެންޓަރުތަކާއި ޓެކްސީ ޑްރައިވަރުންނާއި އަދި އާންމު ރައްޔިތުންގެ އަޑު އަހާ ކުރެވުނު މަޝްވަރާތަކަށްފަހު އަޅުގަނޑުމެންގެ މި ބަދަލު މިގެނައި ހުރިހާ ފަރާތްތަކަށްވެސް ފައިދާވާނެ ގޮތަކަށް ބެލުމަށްފަހު، އަދި މިކަމުގެ ފަސޭހަ ހުރިހާ ފަރާތްތަކަށްވެސް ލިބިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އޮތޮރިޓީ އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ

ޓެކްސީ އަގަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި މާލެއިން ހުޅުލެއަށް، ހުޅުލެ އިން މާލެއަށް، ހުޅުމާލެ އިން ހުޅުލެ އަށް އަދި ހުޅުލެ އިން ހުޅުމާލެ އަށް ކުރެވޭ ދަތުރެއްގެ އަގު 60 ރުފިޔާއަށް ކަނޑައެޅިފައިވާއިރު މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކުރެވޭ ދަތުރެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ 75 ރުފިޔާއެވެ.

ޓެކްސީ އެޕްލިކޭޝަން މެދުވެރިކޮށް އާންމު ފަރާތްތަކަށްވެސް ޕްރައިވެޓް ހަޔަރ ގެ ގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައެޅިފައިވާ ގަވާއިދުތަކާއި އެއްގޮތަކަށް ހިދުމަތް ދިނުމަށްވެސް ވަނީ ނިންމަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
2 އޯގަސްޓް 2019 | ހުކުރު 15:41
މުޙައްމަދު
ﷲ ހުއްދަ ނުކުރައްވާ މަސައްކަތް(ބަނގުރާވިއްކުން ފަދަ ކަންކަން)ކޮށްގެން ދުނިޔޭގައިއުޅޭ ފަރާތްތަކަށްވެސް ﷲ ދުނިޔޭގައި އަރާމާއުފަލާ ލައްޒަތު ދެއްވާ! އެއީ އެކަމު އެކަންކަން ކުރުމުގައި ދެމި ތިބެންވީ ސަބަބެއްނޫން. މިފަދަ މާތް ދުވަސްތަކެއް ފާއިތުވަމުންދާއިރު ވިސްނާ ހެއުމަގަށް ރުޖޫޢަވުން ބުއްދިވެރި. ހުކުރު ޚުޠުބާގައިވެސް އެ ދެނީ އެ ނަޞޭޙަތް.