ކ. މާލެ
|
2 އޯގަސްޓް 2019 | ހުކުރު 09:10
ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަލީ ރިޒާ ވާހަކަފުޅުދައްކަވަނީ
ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަލީ ރިޒާ ވާހަކަފުޅުދައްކަވަނީ
ރާއްޖެއެމްވީ
ށ. ނަލަންދޫ
ށ. ނަލަންދޫ ވަރަށް އަވަހަށް ރިސޯޓް ހަދަން ހުޅުވާލާނެ ކަމަށް ސަރުކާރުން ޔަގީންކަން ދީފި: އަލީ ރިޒާ
ފަސްވަނަ ޓުއަރިޒަމް މާސްޓަރ ޕްލޭން ތަންފީޒުވެގެން ދާއިރު ނަލަންދޫއަކީ ރިސޯޓެއްގެ ގޮތުގައި މި ސަރުކާރުން ބަދަލުކުރައްވާނެ
ނަލަންދޫ މިވަގުތު ބޭނުންކުރެވުން އަންނަނީ ލަނޑާ މަސްވެރިކަންކަހަލަ މަސައްކަތެއް ކުރުމަށް
ރަށުގެ ބޮޑުމިނުގައި 90 އަށް ވުރެ ގިނަ ހެކްޓަރު ހުރޭ

ށ. ނަލަންދޫ ވަރަށް އަވަހަށް ރިސޯޓް ހަދަން ހުޅުވާލާނެ ކަމަށް ސަރުކާރުން ޔަގީންކަން ދީފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަލީ ރިޒާ ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވިދާޅުވެއްޖެއެވެ.

ފަސްވަނަ ޓުއަރިޒަމް މާސްޓަރ ޕްލޭން ތަންފީޒުވެގެން ދާއިރު ނަލަންދޫއަކީ ރިސޯޓެއްގެ ގޮތުގައި މި ސަރުކާރުން ބަދަލުކުރައްވާނެކަމަށާއި ނަަލަންދޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ މިލަންދޫ ދާއިރާގެ ނަރުދޫ، ފީވަށް އަދި މިލަންދޫ މި ތިން ރަށުގެ މީހުންގެ ވެސް ވަރަށް ބޮޑު ހުވެފެނެއް ކަމަށާއި އަދި އެ ރަށަކީ މި ވަގުތު ދިވެހިރާއްޖޭގައި ގުތުރަތީ ގޮތުން އުފެދިފައިވާ އެންމެ ރީތި އެއްރަށްކަމުގައިވެސް ވިދާޅުވިއެވެ.

ނަލަންދޫ މިވަގުތު ބޭނުންކުރެވެ،ުން އަންނަނީ ލަނޑާ މަސްވެރިކަންކަހަލަ މަސައްކަތެއް ކުރުމަށްކަމަށާއި އެ ރަށަކީ ށަވިޔަނި އަތޮޅުގެ ވަރަށް ގިނަ ބައެއްގެ އާމްދަނީއާއި ގުޅިފައިވާ ރަށެއްކަމަށާއި ރަށުގެ ބޮޑުމިނުގައި 90 އަށް ވުރެ ގިނަ ހެކްޓަރު ހުންނާނެ ކަމަށްވެސް އަލީ ރިޒާ ވިދާޅުވިއެވެ. ގުދުރަތީގޮތުން ވަރަށް ރީތިކަމާއި އަދި ބައިވަރު ފަޅުތައްވެސް ހުންނަ ނަލަންދޫއަށް މިހާރުވެސް އިންވެސްޓްކުރައްވަން ވަރަށް ބައިވަރު ބޭރުގެ ކުންފުނިތަކުން ޝައުގުވެރިކަން ފާލުކުރާކަމަށް މެންބަރު ވިދާޅުވިއެވެ.

ށަވިޔަނި އަތޮޅުގެ ގިނަ ޒުވާނުންނަކީ ފަތުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންކަން ފާހަގަކުރައްވަމުން ރިޒާ ވިދާޅުވީ ރިސޯޓް މުވައްޒަފުންގެ ސާވިސް ޗާޖްގެ މަސައްކަތްތަކުގެ ކޮމިޓީގެ މަސައްކަތް ނިމި ކުރިޔަށް އޮތް ހަފްތާއެއްހާދުވަހުގެ ތެރޭގައި މަޖިލީހުގެ ތަޅުމަށް ހުށައެޅޭނެ ކަމަށެވެ.

- ކޮމެންޓް