ކ. މާލެ
|
2 އޯގަސްޓް 2019 | ހުކުރު 00:09
ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރާއެކު ތޮއްޔިބު
ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރާއެކު ތޮއްޔިބު
ޓްވިޓަރ
ޑީއާރުޕީ
ޑީއާރުޕީގެ ސޯޝަލް މީޑިއާހެޑަކަށް ތޮއްޔިބު ސޮއިކޮއްފި
ޑީއާރުޕީ ސޯޝަލް މީޑިއާހެޑަކަށް ތޮއްޔިބު ގުޅުމުން ބޮޗޭ ވަނީ މަރުހަބާ ކިޔާފަ

މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބް ޑީއާރުޕީ ސޯޝަލް މީޑިއާހެޑަކަށް ސޮއިކޮއްފިއެވެ.

ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ތޮއްޔިބު އަށް މަރުހަބާ ކިޔާ ވަނީ ޓްވީޓެއް ކޮށްފައެވެ. ބޮޗޭ ކޮށްފައިވާ ޓްވީޓެއްގައި ވަނީ ރާއްޖޭގެ އެންމެ ކުޅަދާނަ ސޯޝަލް މީޑިއާ އެކަޓިވިސްޓް ތޮއްޔިބު ޑީއާރުޕީގެ ސޯޝަލް މީޑިއާ ހެޑްކަމަށް ހަވާލްވެވަޑައިގަތުމުން މަރުހަބާ ކިޔާފައެވެ.

އެޗްވަންއެންވަން ވައިރަސްއާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަ ދައްކާ ކަމަށް ބުނެ ތޮއްޔިބު ވަނީ 2017 ވަނަ އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހުގެ ރޭ ހައްޔަރުކުރެވިފައެވެ.

ތޮއްޔިބަކީ ސޯޝަލް މީޑިޔާ މެދުވެރިކޮށް ޔާމީނުގެ ސަރުކާރު ތެރޭގައި ހިނގަމުން އަންނަ ކޮރަޕްޝަންތަށް ހާމަކުރަމުން އައި ސޯޝަލް މީޑިއާ އެކްޓިވިސްޓެއް އަދި އޭރު އޭނާއަށް މައުލޫމާތު ދޭ ފަރާތްތައް ހޯދުމަށް ގާނޫނާއި ޚިލާފަށް ކޯޓު އަމުރެއް ނެރެ އަދި އޭގެ ދަށުން ތޮއްޔިބުގެ ފޯނާއި ޓެބްލެޓުތަކާއި، މެމޮރީ ކާޑު ވަނީ ހިފަހައްޓާފައިއެވެ.

- ކޮމެންޓް
2 އޯގަސްޓް 2019 | ހުކުރު 09:53
ހަލީމް
މިސަރުކާރަކަށްނޭގުނު މިސަރުކާރުގެނަން ގުރުބާންވި މީހުނެއް މިހެން ކިތަމްމެބަޔަކު އަދި ދާނެ އިބޫ އަކީ ކަންޒުކަހަބު ދުވެލީގަ ވެރިކަނ ހިނަގާ ވެރިއެއް
2 އޯގަސްޓް 2019 | ހުކުރު 02:53
މުހަންމާ
ތިއީ ޖާސޫސްކުރަން އެމް.ޑީ.ޕީން ފޮނުވި މީހެއް، ޖާބިތު އަވަހަށް ސަލާމަތްވޭ.