Advertisement
ކ. މާލެ
|
1 އޯގަސްޓް 2019 | ބުރާސްފަތި 19:06
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
ގޫގުލް
އެންޓި ކޮރަޕްޝަން ކޮމިޝަން
ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލަށް އޭސީސީން އިސްލާހު ހުށަހަޅައިފި
ކޮމިޝަނަށް މެންޑޭޓްކޮށްފައިވާ ކަންކަމުގައި ގެންނަން ފެންނަ އިސްލާހުތައް ވަނީ ހުށަހަޅާފައި
ބިލް ހުށައެޅީ ސަރުކާރުގެ ފަރާތުން އީވާ

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ''ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލް''އަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އިސްލާހު ހުށަހަޅައިފިއެވެ.

އޭސީސީން ބުނީ ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލުގައި، އެކޮމިޝަނުގެ މަސައްކަތްތަކާ ގުޅުންހުރި އިޖުރާއަތްތަކާއި، އެކޮމިޝަނަށް މެންޑޭޓްކޮށްފައިވާ ކަންކަމުގައި ގެންނަން ފެންނަ އިސްލާހުތައް 01 އޮގަސްޓު 2019 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލަކީ، ދައުލަތުގެ އިދާރާތަކުގައާއި އަމިއްލަ ފަރާތްތަކުގައި ހިންގާ ކޮރަޕްޝަނާއި އެނޫންވެސް ނޭދެވޭ އަމަލުތައް ހުއްޓުވައި، އެތަންތަނުގައި ދެފުށް ފެންނަ، ޖަވާބުދާރީކުރުވަނިވި އަދި ނަޒާހަތްތެރި ޘަގާފަތެއް އަށަގެންނެވުމަށްޓަކައި، އެފަދަ ނޭދެވޭ ޢަމަލުތައް ހިންގާ ފަރާތްތަކާގުޅޭ މަޢުލޫމާތު ހާމަކުރުމުގައި ނުވަތަ ވިސްލްބްލޯކުރުމުގައި ޢަމަލުކުރާނެ އުޞޫލުތައް ކަނޑައެޅުމާއި، ވިސްލްބްލޯކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކުރުމެވެ.

ނަމަވެސް އޭސީސީން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތަފްސީލެއް އެފަރާތުން ހާމައެއް ނުކުރެ އެވެ.

Advertisement

ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރިކޮށްދޭ ބިލް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.

އެ ބިލް ފާސްކޮށް ފައިވަނީ 75 މެމްބަރުންގެ ވޯޓުންނެވެ. ވިސްލްބްލޯވާ ފަދަ ބިލެއްގެ މުހިއްމުކަން ހާމަވެފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ފަޅާއަރުވާލީ ބޭންކް އޮފް މޯލްޑިވްސްގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލްކަރީމް ޖަލަށްލީ ހިސާބުން ކަމަށް ބިލުގެ ބަހުސް ގައި އީވާ ވަނީ ވިދާޅުވެފައެވެ. ބޭންކުގެ ކަސްޓަމަރުންގެ މައުލޫމާތު ލީކުކޮށްލި ކަމަށް ބުނެ ގާސިމްގެ މައްޗަށް ދައުވާ އުފުލާ އަހަރެއްހާ ދުވަސް އޭނާ ޖަލުގައި ހޭދަކުރިއެވެ.

ވިސްލްބްލޯވާ ބިލް މަޖިލީހަށް ހުށައެޅުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭ ހިމެނޭ ވައުދެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް