Advertisement
ކ. މާލެ
|
1 އޯގަސްޓް 2019 | ބުރާސްފަތި 19:03
ޕްރޮފެސަރ އުގެއިލް
ޕްރޮފެސަރ އުގެއިލް
ގޫގުލް
އުކުޅަސް ޓެކް ފެއާ
އުކުޅަސް ޓެކް ފެއާއަށް މުޅި އަތޮޅު ވަނީ ތައްޔާރުވެފަ: އުގެއިލް
މި ފެއާގައި ދުނިޔޭގެ ފެންވަރުގެ ފުންނާބު އުސް ސައިންސްވެރިން ބައިވެރިވާނެ

އުކުޅަހުގައި ބާއްވާ ބައިނަލްއަގްވާމީ މަހާސިންތާ އަދި އުކުޅަސް ޓެކް ފެއާއަށް މުޅި އަތޮޅުވަނީ ތައްޔާރުވެފައި ކަމަށް ޕްރެފެސަރ އުގެއިލް ވިދާޅުވެއްޖެއެވެ.

އުކުޅަސް ޓެކް ފެއާ އަދި ބައިނަލްއަގްވާމީ މަހާސިންތާ ކުރިޔަށް ދާނީ އޮގަސްޓް 26،27 އަދި 28 ހުގައެވެ. އުކުޅަހުގައި ކުރިޔަށްދާ ބައިނަލްއަގްވާމީ މަހާސިންތާ ގެންދެވޭނީ ދެބަޔަކަށް ބަހައިލެވިގެންނެވެ. ފުރަތަމަ ބަޔަކީ އިންޓަނޭޝަނަލް ކޮންފަރެންސް އަދި ދެވަނަ ބަޔަކީ ޓެކް ފެއާގެ ބަޔެވެ. އިންޓަނޭޝަނަލް ބައިގައި ބައިވެރިވާނީ އާޓިފިޝަލް އިންޓަލިޖެންސް އަދި ކޮމްޕިއުޓަރ ސައިންސްގެ ދުނިޔޭގެ ފެންވަރުގައި ފުންނާބު އުސް އިސް ފަރާތްތަކުންނެވެ. މީގެ އިތުރުން އެމެރިކާގެ ކުންފުންޔަކާއި ސްޕެއިންގެ އިތުރުން ލިތުވޭނިޔާގެ ކުންފުންޔަކުން ބައިވެރިވާނެއެވެ. އަދި ދިވެހިރާއްޖޭގެ ކުންފުނިތަކާއި މުއައްސަސާތަކުގެ ޓެކްނޮލޮޖީ ދައްކާލުން އޮންނާނެއެވެ.

ޕްރޮފެސާރ އުގެއިލް ބުނީ މި މަހާސިންތާގެ މަގްސަދަކީ ދިވެހި ވަންތަ ދިވެހި ޓެކްނޮލޮޖީ ދުނިޔޭގެ ފުންނާބު އުސް ސައިންސްވެރިންނަށް ދައްކާލާ އެ ބޭފުޅުންގެ ހިޔާލާއި ލަފާ ހޯދުން ކަމަށެވެ. މީގެ އިތުރުން އުގެއިލް ބުނީ ދާދިފަހުން ބޭއްވުނު ޔޫތް ޓެކްފެއާގައި ހޮވުނު އެންމެ މޮޅު ފަސް ޕްރޮޖެކްޓް އޭނާގެ ފައުންޑޭޝަން އާއި ގުޅިގެން އެ ޕްރޮޖެކްޓްތައް ރަނގަޅު ފެންވަރެއްގައި އުކުޅަހުގައި ބާއްވާ މަހާސިންތާގައި ދައްކައިލެވިގެން ދާނެކަމަށެވެ.

Advertisement

އުގެއިލް އިތުރަށް ބުނީ ރާއްޖޭގެ ޒުވާނުންނަކީ ވަރަށް ހުނަރުވެރި ބައެއް ކަމަށާއި، ރާއްޖޭގައި ވަސީލަތް މަދު ނަމަވެސް ޒުވާނުންގެ ފެންވަރު ވަރަށް ރަނގަޅު ކަމަށާއި އިތުރު ފުރުސަތު އެ ކުދިންނަށް ހުޅުވައިލެވިއްޖެ ނަމަ އެޒުވާނުންގެ ހީނުކުރާވަރަށް ކުރި އަރައިގެންދާނެ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ޓެކްނޮލޮޖީއަށް ކުޑަ ކުދިން އަހުލުވެރި ކުރެވިއްޖެނަމަ ހީވެސް ނުކުރާފަދަ ކުރިއެރުމެއް ގައުމަށް ލިބިގެންދާނެ ކަމަށާއި ދުނިޔޭގެ ކުރިއަރައިފައިވާ ހުރިހާ ގައުމެއްހެން ކުރި އަރައިފައިވަނީ ޓެކްނޮލޮޖީގެ އެހީގައި ކަމަށެވެ.

އުކުޅަސް ޓެކްފެއާ ކުރިޔަށް ދާނީ އުކުޅަހުގައި ހެދޭ ކޮންވެންޝަން ސެންޓަރުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
1 އޯގަސްޓް 2019 | ބުރާސްފަތި 19:38
އުކުޅަހަށް މިހާ
އުކުޅަސް އަބަދުވެސް ވަރަށް ތަފާތުވާނެ.