މާލޭ ސަރަހައްދުގައި އޮގަސްޓް މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޓެކްސީ ކުރުމުގެ އަގުތައް ޓްރާންސްޕޯޓް އޮތޯރިޓީއިން ކަނޑައަޅައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއިން ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި އެ މިނިސްޓްރީން ވަނީ މާލޭ ސަރަހައްދުގައި ޓެކްސީ ކުރެވޭނެ އަގުތައް ކަނޑައަޅާފައެވެ. އަދި އެއަގުގެ އިތުރުން ޓެކްސީގެ ޑިކީއަށް އަރުވާ ދާގީނާއަކުން ވެސް އިތުރު އަގެއް ނެގުމަކީ މަނާކަމެއްކަމުގައި ވެސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވެއެވެ.
މާލޭ ސަރަހައްދުގެ ޓެކްސީ އަގުތައް
- މާލެ އަދު ހުޅުމާލޭގެ އެތެރޭގެ ދަތުރުތައް - 25 ރުފިޔާ
- މާލެ - ހުޅުލެ ދަތުރެއްގެ އަގު- 60 ރުފިޔާ
- ހުޅުލެ - މާލެ ދަތުރެއްގެ އަގު- 60 ރުފިޔާ
- ހުޅުމާޅެ - ހުޅުލެ ދަތުރެއްގެ އަގު- 60 ރުފިޔާ
- ހުޅުލެ - ހުޅުމާލެ ދަތުރެއްގެ އަގު- 60 ރުފިޔާ
- މާލެ - ހުޅުމާލެ ދަތުރެއްގެ އަގު- 75 ރުފިޔާ
- ހުޅުމާލެ - މާލެ ދަތުރެއްގެ އަގު- 75 ރުފިޔާ
އޭގެ އިތުރުން އެއޮތޯރިޓީން ބުނީ ކުރިޔަށް އޮތް ތަނުގައި ޓެކްސީ ދަތުރުގެ ހިދުމަތް ދޭނީ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށްގެން ކަމަށެވެ. އަދި މިނިންމުން ނިންމާފައިވަނީ އާންމު ރައްޔިތުންގެ ހިޔާލާއި ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުންގެ ހިޔާލާއި މަޝްވަރާއަށް ފަހުގައި ކަމަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވެއެވެ.