Advertisement
ކ. މާލެ
|
1 އޯގަސްޓް 2019 | ބުރާސްފަތި 16:48
މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ
މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ
ޝުއައިބް މުހައްމަދު އިގްބާލް
މަޖިލިސް
ކޮމެޓީތަކަށް ހާޒިރުކުރެވޭ ފަރާތްތަކަށް 5 ދުވަހުގެ މުހުލަތެއް އެރުވުމަށް ނިންމައިފި
ނިންމަވާފައިވަނީ 5 ދުވަހުގެ ނޯޓިސްއެއް ދިނުމަށްފަހު މެނުވީ ކޮމެޓީތަކަށް ހާޒިރު ނުކުރެވޭގޮތަށް

ކޮމެޓީތަކަށް އެކި ކަންކަމުގައި ހާޒިރުކުރެވޭ ފަރާތްތަށް ކޮމެޓީއަށް ހާޒިރު ކުރުމުގެ ކުރިން 5 ދުވަހު މުހުލަތެއް އެރުވުމަށް ނިންމަވާފައިވާކަމަށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވެއްޖެއެވެ.

އަމީން އާންމު ވިދާޅުވީ ބުރާސްފަތި ދުވަހުގެ މަޖިލިސް އިދާރާގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތަށް ނިންމަވާފައިވަނީ ބުދަ ދުވަހު މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ ދާއިމީ 17 ކޮމެޓީތަކުގެ މުގައްރިރުންނާއި އެކު ކުރެވޭ ބައްދަލުވުމުގައި މަަޝްވަރާ ކުރެވުމަށް ފަހު ކަމަށް ވެސް ވިދާޅުވިއެވެ. އަމީންއާންމު ވިދާޅުވީ މިގޮތަށް ނިންމަވާފައިވަނީ އެ ފަރާތްތަކަށް ތައްޔާރުވުމުގެ ފުރުސަތު ދިނުމުގެ ގޮތުންކަމަށެވެ.

ކޮންމެ ހަފްތާއެއްގައި ބާއްވާ މި ބައްދަލުވުމަކީ ކޮމެޓީތަކުގެ މަސައްކަތްތަށް ހިންގުމަށްޓަކާ ދިމާވާ ދަތިތަށް އޮޅުން ފިލުވުމަށް ބާއްވާ ބައްދަލުވުމެކެވެ.

Advertisement

މި ބައްދަލުވުމުގައި ނިންމަވާފައިވަނީ 5 ދުވަހުގެ ނޯޓިސްއެއް ދިނުމަށް ފަހު މެނުވީ ކޮމެޓީތަކަށް ހާޒިރު ނުކުރެވޭގޮތަށެވެ.

އަންނަ ހަފްތާގައި ހާޒިރު ކުރަން ހަމަޖެހިފައިވާ ފަރާތްތައް:

އިޖްތިމާއީ ކޮމެޓީ:

  1. ހޯމަ ދުވަސް: ޔޫތް މިނިސްޓްރީ
  2. އަންގާރަ ދުވަސް: އެންސްޕާ

މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީ:

  1. އަންގާރަ ދުވަސް: އިލެކްޝަންސް ކޮމިޝަން
  2. ބުދަ ދުވަސް: މޯލްޑިވްސް މީޑިއާ ކައުންސިލް

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ:

އަންގާރަ ދުވަސް: ހައުސިންގް މިނިސްޓްރީ

ޖުޑިޝަރީ ކޮމެޓީ:

  1. އަންގާރަ ދުވަސް: އެޓާރނީ ޖެނެރަލް އޮފީސް

ހިއުމަން ރައިޓްސް އެންޑް ޖެންޑާރ ކޮމެޓީ

  1. ހޯމަ ދުވަސް: ހިއުމަން ރައިޓްސް ކޮމިޝަން
  2. ބުދަ ދުވަސް: ޖެންޑަރ މިނިސްޓްރީ

ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް ކޮމެޓީ:

  1. ހޯމަ ދުވަސް: އާސަންދަ ކުންފުނި

އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީ:

  1. އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ
  2. އެންވަޔަރަމެންޓް މިނިސްޓްރީ
  3. ވެމްކޯ
  4. ލޯކަލް ގަވަރމެންޓް އޮތޯރިޓީ
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް