Advertisement
ކ. މާލެ
|
1 އޯގަސްޓް 2019 | ބުރާސްފަތި 16:22
ފަނޑިޔާރު ދީދީ
ފަނޑިޔާރު ދީދީ
ރާއްޖެ އެމްވީ
ފަނޑިޔާރު އަބްދުﷲ ދީދީ
ދީދީގެ އެދިވަޑައިގަތުމުގެ މަތިން ޑިޕްލޮމެޓިކް ޕާސްޕޯޓް ކެންސަލް ކޮށްފި، އަދިވެސް ހުންނެވީ ބޭރުގައި
އިމިގްރޭޝަނުން ވަނީ ކަށަވަރު ކޮށްދީފައި
ޑިޕްލޮމެޓިކް ޕާސްޕޯޓް ކެންސަލް ކުރެއްވި ފުރާވަޑައިގަތުމުގެ ކުރިން
މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށައަޅަން ވަނީ ނިންމާފައި

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ހިމެނޭ މީހުން އަތުން ފައިސާ ނެންގެވި ކަމުގެ ތުހުމަތުކުރެވި މަގާމުން ވަކިކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ޑިޕްލޮމެޓިކް ޕާސްޕޯޓް އޭނާގެ އެދިވަޑައިގަތުމުގެ މަތިން ކެންސަލް ކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

ދީދީގެ މައްޗަށް ސީރިއަސް ތުހުމަތު ތަކެއް ކުރެވި ޖޭއެސްސީން އޭނާގެ މައްސަލަ ބަލަމުންދަނިކޮށް އަމިއްލަ ދަތުރުފުޅެއްގައި މެލޭޝިޔާ އަށް ފުރާވަޑައިގެންނެވީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ.

ފަނޑިޔާރަށް ދީފައިވާ 30 ދުވަހުގެ މުއްދަތު ހަމަވާނީ މި މަހުގެ 26 ވަނަ ދުވަހު ކަމަށް ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވަނީ ވިދާޅުވެފައެވެ. ޗުއްޓީގައި ހުންނަވަނިކޮށް ދީދީގެ މައްސަލައިގެ ތަހުގީގު ނިމި އޭނާ ވަކިކުރުމަށް ތަހުގީގް ކޮމިޓީން ނިންމުމުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ޖޭއެސްސީން ވަނީ ނިންމާފައެވެ. އަމިއްލަ ދިފާއުގައި ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތު ޖޭއެސްސީން ވަނީ ދީދީއަށް ދީފައެވެ.

ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެމުން އިމިގްރޭޝަންގެ މީޑިއާ އޮފިސަރު ވިދާޅުވީ، ޑިޕްލޮމެޓިކް ޕާސްޕޯޓު އޮންނަ ފަރާތްތަކަށް އޯޑިނަރީ ޕާސްޕޯޓާ އެއްކޮށް ދެ ޕާސްޕޯޓު ބޭނުންކުރުމުގެ އިމްތިޔާޒު ލިބިގެންވާ ކަމަށާއި، ޑިޕްލޮމެޓިކް ޕާސްޕޯޓު ދޫކޮށްލުމުގެ އިހްތިޔާރުވެސް ލިބިގެންވާ ކަމަށެވެ.

Advertisement

އެއްވަގުތެއްގައި ގެންގުޅެވޭނީ އެންމެ ޕާސްޕޯޓެކެވެ. އެހެން ކަމުން ދީދީގެ އަމިއްލަ އެދިވަޑައިގަތުމުގެ މަތިން ޑިޕްލޮމެޓިކް ޕާސްޕޯޓް ކެންސަލް ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ޕާސްޕޯޓު ކެންސަލް ކުރި ދުވަހެއް އޭނާ ވިދާޅެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ދީދީ މެލޭޝިޔާ އަށް ވަޑައިގެންނެވީ ޑިޕްލޮމެޓިކް ޕާސްޕޯޓް ކެންސަލް ކުރުމަށް ފަހު އޯޑިނަރީ ޕާސްޕޯޓް ހައްދަވައިގެންނެވެ.

ޖޭއެސްސީން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ތަހުގީގުން ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު، ފަނޑިޔާރު ދީދީގެ އަނބިކަނބަލުންނަށް ނުފޫޒުން މަގާމެއް ހޯދައިދެއްވުމަށް އެދިވަޑައިގެން ކޮށްފައިވާ މެސެޖުތަކެއް ވެސް ހިމެނެ އެވެ. އެގޮތުން މެލޭޝިޔާ ގައި ހުންނަ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމަށް އޭނާގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ގަފޫރު ހަމައްޖައްސައިދޭން އެދިފައިވާކަން އެ މެސެޖުތަކުން ހާމަވެއެވެ. ޣާނިޔާ ވަނީ މިހާރު މަގާމުން ވަކިކޮށްފައެވެ.

އޭގެ އިތުރުން އޭސީސީ އަށް މީހަކު އައްޔަންކުރުމުގައި ވެސް ވަކި މީހެއްގެ ނަން އަބްދުﷲ ދީދީ "ސަސްޕެކްޓް 1" ގެ ފޯނަށް ފޮނުވާފައިވާކަން އެނގޭ ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ. އަދި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ހިމެނޭ މީހަކު ބަންދުން ދޫކޮށްލަން އަބްދުﷲ ދީދީ، ކުށުގެ ވެށީގައި ހިމެނޭ މީހަކު މުއާމަލާތް ކޮށްފައިވާކަން ވެސް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށާއި، އަދި އެ މީހާ ވަނީ އަބްދުﷲ ދީދީ ބަންދުން ދޫކޮށްލާފައި ކަމަށް ވެސް ޖޭއެސްސީން ތަހުގީގްގައި ހާމަކޮށްފައި ވެެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް