Advertisement
ކ. މާލެ
|
1 އޯގަސްޓް 2019 | ބުރާސްފަތި 13:06
އިނާމު ދިނުން އޮންނާނީ ޖުމްހޫރި ދުވަހުގެ ޖަލްސާގައި
އިނާމު ދިނުން އޮންނާނީ ޖުމްހޫރި ދުވަހުގެ ޖަލްސާގައި
ރާއްޖެއެމްވީ
ރައީސް އޮފީސް
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ތިން ގިންތިއަކުން އިނާމު ދޭން ވަނީ ހަމަޖެހިފައި
އިނާމު ދޭނީ ޖުމްހޫރި ދުވަހުގެ ޖަލްސާގައި
ކޮމިޓީން ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ހާއްސަ އިނާމާ ބެހޭ ކޮމިޓީން ބުރާސްފަތި ދުވަހު ހުޅުވާލައިފިއެވެ. ހާއްސަ އިނާމު ދޭނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.

ރައީސް އޮފީހުން ބުނީ، އެ އިނާމު، މިއަހަރު ދިނުމަށް ހަމަޖެހިފައިވަނީ ތިން ގިންތިއަކުން ކަމަށެވެ.

Advertisement

އެ ގިންތި ތަކަކީ:

  • މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމު ދޭ ގިންތި
  • ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދިނުމުގެ ގިންތި
  • ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ ޢިލްމީ ދިރާސާއެއްކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދިނުމުގެ ގިންތި

ހާއްސަ އިނާމަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް މައުލޫމާތު ދެއްވުމުގެ ބައްދަލުވުމެއް، ހާއްސަ އިނާމާ ބެހޭ ކޮމިޓީން ބާއްވަވާގޮތަށް ވަނީ ހަމަޖައްސަވާފަ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރައީސް އޮފީހާ ގުޅުއްވައި، ނަން ނޯޓު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެ އޮފީހުން މައުލޫމާތުދެ އެވެ. ހާއްސަ އިނާމާ ބެހޭ ފޯމް ރައީސް އޮފީހުގެވެބްސައިޓުން ވެސްޑައުންލޯޑް ކުރެއްވޭނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް