Advertisement
ކ. މާލެ
|
1 އޯގަސްޓް 2019 | ބުރާސްފަތި 12:13
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު
މަޖިލިސް
ހައިކޯޓު
އެސްޓީއޯއަށް 19 މިލިއަން ރުފިޔާ ދައްކަން މެރީޑިއަމްގެ މައްޗަށް ހުކުމްކޮށްފި
އެފައިސާ އެއްކޮށް ދެއްކުމަށް މެރީޑިއަމްއަށް ދީފައިވަނީ ހަމަސް ދުވަސް
ކުރިން ސިވިލް ކޯޓުން ނިންމީ އެފައިސާ ދައްކަން އަމުރު ކުރެވެން ނެތްކަމަށް
މެރީޑިއަމްއަކީ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދުގެ ހިއްސާ އޮންނަ ކުންފުންޏެއް

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ މެރީޑިއަމް ކުންފުނިން ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އަށް 19 މިލިއަން ރުފިޔާ ދައްކަން ހައިކޯޓުން ހުކުމް ކޮށްފިއެވެ.

މެރީޑިއަމުން ނެގި ތެލަށްވާ 19 މިލިއަން ރުފިޔާ ހޯދުމަށް އެސްޓީއޯއިން ސިވިލް ކޯޓަށް ހުށަހެޅި ނަމަވެސް، ދައުވާގައި ބުނާ ތެޔޮ މެރީޑިއަމަށް ދޫކުރިކަން ސާބިތުނުވާތީ އެ ފައިސާ ދޭން އަމުރު ކުރެވެން ނެތްކަމަށް އޭރު ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. ނަމަވެސް ހައިކޯޓުގައި އެސްޓީއޯއިން ވަނީ އެހުކުމް އިސްތިއުނާފު ކޮށްފައެވެ.

ހައިކޯޓުން މެރީޑިއަމްގެ މައްޗަށް ކުރި ހުކުމުގައި ވަނީ 23 އޯގަސްޓް 2010 ން ފެށިގެން 28 ސެޕްޓެމްބަރު 2010 ނިޔަލަށް ފަހުން ފައިސާ ދައްކާ ގޮތަށް ނަގާފައިވާ ތެލުގެ ބާވަތްތައް މައްސަލައިގައި ހުށައެޅިފައިވާ ލިޔުންތަކާއި ލިބިފައިވާ ހެކިންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ. އަދި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލް ކަމަށް ހައިކޯޓުގެ ހުކުމުގައި ވެއެވެ.

Advertisement

އަދި އެ މުއާމަލާތްތަކާއި ގުޅިގެން އެސްޓީއޯއިން މެރީޑިއަމަށް ފޮނުވާފައިވާ 183 އިންވޮއިސްތަކުގެ ޖުމްލަ އަދަދު ކަމަށްވާ 18،949473.40ރ. (އަށާރަ މިލިއަން ނުވަ ލައްކަ ސާޅީސްނުވަހާސް ހަތަރު ސަތޭކަ ހަތްދިހަ ތިން ރުފިޔާ ސާޅީސް ލާރި) އާއި މި ފައިސާ އިންވޮއިސްތަކުގައިވާ މުއްދަތުގައި ނުދެއްކުމުގެ ސަބަބުން 01 ޑިސެމްބަރ 2010 ގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 3،84198ރ. ( ތިން ލައްކަ އަށްޑިހަ ހަތަރުހާސް އެއްސަތޭކަ ނުވަދިހަ އަށް ރުފިޔާ)އާ އެކު ޖުމްލަ ނަވާރަ މިލިއަން ރުފިޔާ 01 އޯގަސްޓް 2019 ވަނަ ދުވަހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމް ކުރާ ކަމަށެވެ.

އަދި އެފައިސާ ނުދައްކައިފިނަމަ އެކުންފުނިން އެސްޓީއޯއާއި އެކު ވެފައިވާ "ކްރެޑިޓަށް މުދާދުކުރުމާބެހޭ އެއްބަސްވުން" ގެ 4 ވަނަ މާއްދާގެ ދަށުން، މެރީޑިއަމުން މޯގޭޖްގެ ގޮތުގައި ބާއްވާފައިވާ އަތަމާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަތަ-5 އާއި ބަނޑު ކަލަމިދި އާއި ބަނޑު ރިޔާ-11 ނީލަމުގައި ވިއްކާލުމަށްފަހު ނުލިބިވާ ފައިސާ ހޯދުމުގެ އިޚްތިޔާރު އެސްޓީއޯއަށް ލިބިގެންވާކަމަށް ހައިކޯޓުގެ ހުކުމްގައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
1 އޯގަސްޓް 2019 | ބުރާސްފަތި 15:05
ތިމަންނަ
ރައްޔަތުންގެ ގޮޑިތަކާ މޭޒުތައް އުކާ ހަލާކުކޮށް ތިމާހާ މީހަކުނެތް ކަމަށް ދެކިގެން އުޅުމުން " ކަތިވަޅި ގެއްލި މަރިޔަބު ގެއްލި ކޮށި ދަޑުވެސް ތިޔަ ގެއްލުނީ" އެވެ
1 އޯގަސްޓް 2019 | ބުރާސްފަތި 14:37
ނައިންޓޭ
ކޮބާ ތެޔޮރިޔާޒޫ ރާކަނިމަސް ކެވިއްޖެ، ރައްޔިތުންގެ ލާރިނުދައްކާ ފިލައިގެން އުޅެވޭނީ ޔާމީނު ކައިރީ، މިސަރުކާރަކު ވައްތަރުވައްތަރެއް ނުޖެއްސޭނެ، ރައްޔިތުންގެ ލާރިނުދައްކައިފިއްޔާ ގޯތިގެދޮރުވެސް ވިއްކާފަ ލާރި ހޯދާނަން،
1 އޯގަސްޓް 2019 | ބުރާސްފަތި 13:51
މުޙައްމަދުބެ
ހާދަ ދެރައޭ ވިސްނިފައި ނެތްކަން މިރޭވުން ޤުދުރަތީ
1 އޯގަސްޓް 2019 | ބުރާސްފަތި 13:50
މުޙައްމަދުބެ
" ނެގޭފަރުދާ ދުވަސްއައުމުން އެދޭމީހާގެ ނަން ފެނުމުން === ދެގޭމީހުންމެ ޝާމިލުކޮށް އެނގޭނެހެން ސައި ފޮނުއްވައްޗޭ"
1 އޯގަސްޓް 2019 | ބުރާސްފަތި 13:50
މުޙައްމަދުބެ
" ނެގޭފަރުދާ ދުވަސްއައުމުން އެދޭމީހާގެ ނަން ފެނުމުން === ދެގޭމީހުންމެ ޝާމިލުކޮށް އެނގޭނެހެން ސައި ފޮނުއްވައްޗޭ"
1 އޯގަސްޓް 2019 | ބުރާސްފަތި 12:38
އެދުރު ހަސަން
އަލިފާން ކެވިއްޖެއް އެއް ނޫން.