Advertisement
ކ. މާލެ
|
1 އޯގަސްޓް 2019 | ބުރާސްފަތި 11:50
ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުން
ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުން
ރައީސް އޮފީސް
ރައީސް އިބްރާހިމް މުހައްމަދް ސޯލިހް
ރައީސް ޞާލިހް ސީޝެލްސް އަށް ފުރާވަޑައިގެންފި
މި ދަތުރުފުޅަކީ ސީޝެލްސްގެ ރައީސް ޑެނީ ފޯރޭގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް
ދެޤައުމުގެ ދެމެދުގައި ބައެއް އެއްބަސްވުން ތަކުގައި ސޮއިކުރައްވާނެ

ފުރަމާނަ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ސީޝެލްސްއަށް ފުރާ ވަޑައިގެންފިއެވެ.

ރައީސް ސޯލިހްއާއި އެކު އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެސް ވަނީ މި ދަތުފުޅުގައި ބައިވެރިވެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ބޭފުޅުން ހިމެނޭ ވަފުދެއްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Advertisement

ރައީސް ސޯލިހްގެ މި ދަތުރުފުޅަކީ ސީޝެލްސްގެ ރައީސް ޑެނީ ފޯރޭގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ސީޝެލްސްއަށް ކުރައްވާ މި ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ބައެއް އެއްބަސްވުން ތަކުގައި ސޮއިކުރެއްވުމުގެ އިތުރުން ދެޤައުމުގެ މެދުގައި މަތީފެންވަރުގެ މަޝްވަރާތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ވަނީ ބޭރުގެ ގައުމުތަކަށް ގިނަ ދަތުރުތަކެއް ކޮށްފައެވެ. އެގޮތުން އެންމެ ފުރަތަމަ އިންޑިއާއަށް ދަތުރުފުޅެއް ކުރެއްވިއިރު، ލަންކާ، ސިންގަޕޯރ، ޔޫއޭއީ އަދި މޮރިޝަސްއަށް ވެސް ދަތުރުކުރައްވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް