Advertisement
ކ. މާލެ
|
1 އޯގަސްޓް 2019 | ބުރާސްފަތި 11:44
އަނދުންގެ ހަރަދުގައި ކިޔަވަންދާ ފަސްކުދިން ވަނީ ބުރާސްފަތި ދުވަހު ފުރާފައި
އަނދުންގެ ހަރަދުގައި ކިޔަވަންދާ ފަސްކުދިން ވަނީ ބުރާސްފަތި ދުވަހު ފުރާފައި
ރާއްޖެއެމްވީ
އަނދުން ހުސެއިން
އަނދުން ހުސައިންގެ ހަރަދުގައި ފަސް ކުއްޖަކު ބެންގަލޫރަށް ކިޔަވަން ފުރައިފި
އެ ކުދިންނަކީ ޓެސްޓުން ފާސްވި ކުދިން
ހުރިހާ ހަރަދެއް ބަލަހައްޓަނީ އަނދުން ފައުންޑޭޝަނުން
ދާއިރާ އަށް ކުރިއެރުން ލިބޭނޭ: ބެލެނިވެރިން

''އަނދުން ހުސެއިން ފައުންޑޭޝަން" ގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމްގެ ހަރަދުގައި އިންޑިއާގެ ބެންގަލޫރްގެ ގާރޑަން ސިޓީ ޔުނިވާސިޓީ ގައި ކިޔަވަން ފަސް ކުއްޖަކު ބުރާސްފަތި ދުވަހު ފުރައިފިއެވެ.

އެމްޕީ އަނދުން ހުސައިން ހޯދައިދިން ސްކޮލަރޝިޕަކީ އާއްމުކޮށް ހުޅުވައިލައިގެން ޔުނިވަރސިޓީ ސްކްރީނިންގއިން ސްކޯލަރޝިޕަށް ހޮވުނު ފަސް ކުދިންނެވެ. އެކުދިން ހޮވިފައިވަނީ އެ ޔުނިވާސިޓީގެ އައިކިއު ޓެސްޓުތަކާއި އިންޓަވިއުއިން ފާސްވެގެންނެވެ.

''އަނދުން ހުސެއިން ފައުންޑޭޝަން'' ގެ ފަރާތުން ރާއްޖެ.އެމްވީ އަށް މައުލޫމާތުދެމުން މުހައްމަދު ފަޒީލް ހުސެއިން ބުނީ، އެ ކުދިންގެ ކިޔެވުމުގެ ހުރިހާ ހަރަދެއްވެސް ބަލަހައްޓާނީ އެ ފައުންޑޭޝަނުން ކަމަށެވެ. އެއީ ތިން އަހަރުގެ ކޯހަކަށްވާއިރު އެ ކުއްޖަކު ބޭނުންވާ ދާއިރާއިން ކިޔެވުމުގެ ފުރުސަތު ދީފައިވާ ކަމަށް އޭނާ ބުންޏެވެ.

Advertisement

ބިޒްނަޒް އެޑްމިިނިސްޓްރޭޝަން ކިޔަވަން ބެންގަލޫރަށް ދާން ފުރުސަތު ލިބުން ނަބީހާ އަހުމަދު ބުނީ، ބޭރު ގައުމަކަށް ކިޔަވަންދާން ފުރުސަތު ލިބުނީތީވެ އެކަމާއި ވަރަށް އުފާކުރާ ކަމަށެވެ. އެ ކުދިންގެ ބެލެނިވެރިއެއް ކަމަށްވާ ޝެހެނާޒް ގާސިމް ގަބޫލުކުރާ ގޮތުން އެ ކުދިން ކިޔަވާ ނިމިގެން އައުމުން ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ. ދާއިރާގެ ރައްޔިތުންނާ މެދު މެމްބަރު ބަހައްޓަވާ ގާތްކަމަށް އޭނާ ވަނީ އަނދުން ހުސައިންއަށް ޝުކުރު އަދާކޮށްފައެވެ.

މިއީ މިހާތަނަށް ހެންވޭރު ދެކުނު ދާއިރާގެ މަޖްލިސް މެންބަރަކު ފުރަތަމަ ފަހަރަށް ދާއިރާގެ ޒުވާނުން ބިނާކޮށް މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ހޯދައިދެއްވުމަށް ކޮށްދެއްވައި ހިދުމަތެކެވެ.

އިންޑިއާގެ ބެންގަލޫރްގައި 1992 ވަނަ އަހަރު އުފެދުނު ގާޑެން ސިޓީ ކޮލެޖަކީ ރާއްޖޭގެ ގިނަ ކުދިންތަކެއް މިހާރު ވެސް ތައުލީމު ހާސިލް ކުރަމުންދާ ކޮލެޖެކެވެ. އެ ކޮލެޖުގައި ކިޔަވައިދޭ ކޯސްތަކުގު ތެރޭގައި، ޓޫރިޒަމް، ސައިންސް ސްޓަޑީސް، ފެޝަންގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީ ވެސް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް