Advertisement
ކ. މާލެ
|
1 އޯގަސްޓް 2019 | ބުރާސްފަތި 07:41
އަބްދުލްމާނިއު ހުސައިން
އަބްދުލްމާނިއު ހުސައިން
ރައީސް އޮފީސް
ޖުޑީޝަލް ސަރވިސް ކޮމިޝަން
ޖޭއެސްސީއަށް މާނިއު އައްޔަން ކުރައްވައިފި
މާނިއުއަށް ލިބިވަޑައިގެންނެވީ 199 ވޯޓު

ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)އަށް ވަކީލުންގެ ތެރެއިން އައްޔަން ކުރައްވާ މެމްބަރު އަބްދުލްމާނިއު ހުސައިން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މާނިއުއާއި އެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް ސޯލިހެވެ.

ޖޭއެސްސީގައި ވަކީލުންގެ ތެރެއިން އައްޔަން ކުރައްވާ ވަކީލަކަށް މީގެ ކުރިން އިންނެވީ ލަތީފާ ގާސިމެވެ. ނަމަވެސް ގާނޫނީ ފަންނުގެ ގާނޫނު އައުމާއި ގުޅިގެން އޭނާގެ މަގާމު ވަނީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު ގެއްލިފައެވެ.

Advertisement

ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް ދާނެ ވަކީލަކު ހޮވުމަށް ޖުލައި މަހުގެ 27 ވަނަ ދުވަހު ބޭއްވި ވޯޓުލުމުގައި ފަސް ވަކީލަކު ވާދަކުރިއެވެ. އެއީ މާނިއުގެ އިތުރުން ހަނީފާ ޚާލިދާއި އަހުމަދު ރަޝީދާއި އަލީ ރަޝީދާއި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރ ޖަމާލު އަބޫބަކުރެވެ.

އޭގެރެއިން އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި މާނިއުއަށް ލިބިވަޑައިގެންނެވީ 199 ވޯޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް