Advertisement
ކ. މާލެ
|
31 ޖުލައި 2019 | ބުދަ 19:21
ޔޫތް ކޮމްޕްލެކްސް އެގްރިމެންޓްގައި ސޮއި ކުރުމުގެ ތެރެއިން
ޔޫތް ކޮމްޕްލެކްސް އެގްރިމެންޓްގައި ސޮއި ކުރުމުގެ ތެރެއިން
ރާއްޖެއެމްވީ
ޔޫތް މިނިސްޓްރީ
ސްޕޯޓް ކޮމްޕްލެކްސް އިމާރާތް ޔޫތް މިނިސްޓްރީއާއި ހަވާލުކޮށްފި
މި ކޮމްޕްލެކްސްގެ ސަބަބުން ހުޅުމާލޭ ރައްޔިތުންނަށް ފަސޭހަތަކެއް ވެގެން ދާނެ

ހުޅުމާލޭ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން އާއި ޔޫތް މިނިސްޓްރީ ގުޅިގެން އެޅި ސްޕޯޓްކޮމްޕްލެކްސް އިމާރާތް ނިންމުމަށްފަހު ޔޫތް މިނިސްޓްރީ އާއި ހަވާލުކޮށްފިއެވެ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަހައްދުގައި ގާއިމް ކުރެވިފައިވާ ސްޕޯޓް ކޮމްޕްލެކްސް ޔޫތް މިނިސްޓްރީއާއި ހަވާލުކުރިއިރު މި ކޮމްޕްލެކްސްގައި 25 މީޓަރުގެ ސްވިމިންގް ޓްރެކްއެއްގެ އިތުރުން ޖިމްއެއް ގާއިމް ކޮށްފައިވެއެވެ.

މި ކޮމްޕްލެކްސް ޔޫތް މިނިސްޓްރީއާއި ހަވާލުކޮށްފައިވަނީ 15 މިލިއަން ރުފިޔާ ދައްކާ ގޮތަށެވެ. އަދި މި ކޮމްޕްލެކްސް ހެދުމަށް އެޗްޑީސީއިން ހަރަދުކުރި ރުފިޔާގެ ބާކީ ބައި ކޮމްޕްލެކްސްގެ ބައެއް ސަރަހައްދުތައް ކުއްޔައްދީގެން އެޗްޑީސީއަށް ލިބޭނެއެވެ.

Advertisement

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ މަހްލޫފް ވިދާޅުވީ މި ކޮމްޕްލެކްސްގައި ހެދިފައި ހުރި ޖިމް، މޯލްޑިވްސް ބޮޑީ ބިލްޑިންގް އެސޯސިއޭޝަނާއި ހަވާލުކުރުމަށް ނިންމައިފައިވާ ކަމަށާއި އަދި މި ކޮމްޕްލެކްސްގައި ހަދައިފައި ހުރި 25 މީޓަރުގެ ސްވިމިންގް ޓްރެކް ސްވިމިންގް އެސޯސިއޭޝަނާއި ހަވާލުކުރަން ނިންމައިފައި ވާކަމަށެވެ. އެހެންކަމުން ގައުމީ ފެތުންތެރިންނާއި ބޮޑީ ބިލްޑަރުންނަށް އިތުރު ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ. މީގެ އިތުރުން މަހްލޫފް ވިދާޅުވީ އިންޓަރނޭޝަނަލް ފެންވަރުގެ ސްވިމިންގް ޕޫލް އެއް އެޅުމަށް ބިން މިހާރު ހަމަޖެހިފައިވާކަމަށެވެ.

ހުޅުމާލޭ ޔޫތް ކޮމްޕްލެކްސްގައި ކެރަމް، ރާޒުވާ އަދި ބިލިއާޑް ކުޅެވޭނެ ވަސީލަތް ގާއިމު ކުރާނެ ކަމަށް ޔޫތް މިނިސްޓްރީން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
31 ޖުލައި 2019 | ބުދަ 20:58
އަޙުމަދު
ޝުކުރިއްޔާ ރައީސް ޔާމީނަށް