Advertisement
ކ. މާލެ
|
31 ޖުލައި 2019 | ބުދަ 15:38
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ވަނީ ބ. އަތޮޅުގެ ފަސް ރަށަކަށް ޒިޔާރަތްކުރައްވައިފަ
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ވަނީ ބ. އަތޮޅުގެ ފަސް ރަށަކަށް ޒިޔާރަތްކުރައްވައިފަ
ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ
ބ. އަތޮޅުގެ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
މިދަތުރުފުޅުގައި ވަނީ ބ. އަތޮޅުގެ ފެހެންދޫ، ފުޅަދޫ، އޭދަފުށި، ކިހާދޫ އަދި ދޮންފަނަށް ޒިޔާރަތްކުރައްވައިފަ
ބ. އަތޮޅުގެ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާ އަދި ރަށްރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައި ވަނިީ މަޝްވަރާކުރައްވަވާފަ

މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ވަނީ ބ. އަތޮޅުގެ ފެހެންދޫ، ފުޅަދޫ، އޭދަފުށި، ކިހާދޫ އަދި ދޮންފަނަށް ޒިޔާރަތްކުރައްވައިފައެވެ.

އެމަނިކުފާނު ޒިޔާރަތްކުރެއްވި ރަށްރަށުގެ ކައުންސިލުތަކާއި ބ. އަތޮޅު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ބ. އަތޮޅުގެ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާ އަދި ރަށްރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައި ވަނިީ މަޝްވަރާކުރައްވަވާފައެވެ.

Advertisement

މި ދަތުރުފުޅުގައި ވަނީ ރައްޔިތުންގެ މަޖިލީހުގައި ބ.އަތޮޅު ތަމްސީލް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ބ. އަތޮޅު ޞިއްޙީ ޚިދުމަތުގެ ރަންޔޫބީލް ފާހަގަކުރުމަށް އޭދަފުށީގައި އަނަގާރަދުވަހުގެރޭ ބޭއްވެވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި އެ ރަސްމިއްޔާތުގައި ވަނީ ވާހަކަފުޅުދައްކަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް