އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ގެ ލެބޯޓަރީއަށް ވަދެ އުޅުނު މީދާ މަރާލައިފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހޮސްޕިޓަލްގެ ލެބޯޓްރީއަށް ވަދެ އުޅުނު މީދާ މިހާރު މަރާލާފައިވާ ކަމަށެވެ. އަދި އިތުރު މީދަލެއް އެހެންތަނަކުން ފެނިފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ބެލެވޭ ގޮތުގައި އެމީދާ ވަދެފައިވަނީ ސީލިން ހަލާކުކޮށްލައިގެން ކަމަށާއި ސީލިންވެސް މިހާރު ރަނގަޅަށް ބައްދާފައިވާ ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ
އައިޖީއެމްއެޗްގެ ލެބޯޓްރީގައި މީދަލެއް ދުވާ މަންޒަރު ފެންނަ ވީޑިއޯއެއް ބުދަ ދުވަހު ހެނދުނު ސޯޝަލް މީޑިއާގައި ވަނީ އާންމު ވެފައެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި އައިޖީއެމްއެޗްގެ ލެބޯޓްރީގެ އާންމު ހިދުމަތް ދޭ ކައުންޓަރު ކައިރީ ބިންމަތީ އެ މީދާ ދުވާތަން ފެނެ އެވެ.