Advertisement
ކ. މާލެ
|
31 ޖުލައި 2019 | ބުދަ 12:50
މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް
މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް
ޝުއައިބް މުހައްމަދު އިގްބާލް
ހައްޖުވެރިން
މިއަހަރުގެ އަމީރުލްޙައްޖަކީ މިނިސްޓަރ އަސްލަމް
ރާއްޖެ އިން މިއަހަރު 2000 މީހުން ހައްޖަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި

މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ އިސްވެރިއެއްގެ ގޮތުގައި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން ބުނީ މިއަހަރު ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާބޭފުޅުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، މިނިސްޓަރ އަސްލަމް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފައިވާ ކަމަށެވެ.

ރާއްޖެ އިން މިއަހަރު 2000 މީހުން ހައްޖަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ހައްޖުވެރިން ވަނީ ފުރަން ފަށާފައެވެ.

Advertisement

ރާއްޖެއިން މިފަހަރު ހައްޖަށް މީހުން ގެންދާ ގްރޫޕް ތަކަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް، ޒަޢީ ގްރޫޕް ޕްރައިވެޓް ލިމިޓް، ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް، އަލް ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، މިނާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑް އަދި އެކްރޯ ޕްރައިވެޓް ލިމިޓެޑްއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް