Advertisement
ކ. މާލެ
|
31 ޖުލައި 2019 | ބުދަ 10:12
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
މަޖިލިސް
ރައްޔިތުންގެ މަޖިލިސް 2019
ސިޔާސީ ގުޅުން ކަނޑާލާފައިވާ ގައުމުތަކާއި، ގުޅުން ބަދަަހި ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް:ޝާހިދު
ސިޔާސީ ގުޅުން ކަނޑާލާފައިވާ ހުރިހާ ގައުމަކާއި އެކު، ގުޅުން ބަދަހި ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން
ސިޔާސީ ގުޅުން ކަނޑާލުމަށްފހު، އަލުން ސިޔާސީ ގުޅުން ބަދަހި ކުރުމަކީ ފަސޭހަ ކަމެއް ނޫން
ގަތަރާއި އެކު އޮތް ސިޔާސީ ގުޅުން ކަނޑާލާފައިވަނީ، ރައީސް ޔާމީންގެ ސަރުކާރުގައި

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ސިޔާސީ ގުޅުން ކަނޑާލާފައިވާ ގައުމުތަކާއި އެކު، ސިޔާސީ ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް އެ މަނިކުފާނު ހާޒިރުކޮށް ކުރިމަތި ކުރުވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

Advertisement

ފޮރިން މިނިސްޓަރ ޝާހިދު މަޖިލީހަށް ހާޒިރުކުރެވުނީ ގަތަރާއި ރާއްޖެ އާއި ދެމެދު އޮންނަ ސިޔާސީ ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ހިސާބާއި ގުޅޭ ގޮތުންނާއި، އަދި މި ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނަމަ އެކަން ގޮސްފައިވަނީ ކިހާ ހިސާބަކަށްތޯ އާއި ގުޅޭ ގޮތުން ސުވާލު ކުރެއްވުމަށެވެ. އެ މަނިކުފާނާއި މި ސުވާލު ކުރެއްވުމަށް، ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

ޖާބިރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ގަތަރުގެ އިތުރުން ކުރީ ސަރުކާރުން ސިޔާސީ ގުޅުން ކަނޑާލާފައިވާ ގައުމުތަކާއި ސިޔާސީ ގުޅުން ބަދަހި ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އަންނަ ޖޯޝެއްގައި ދޭދޭ ގައުމުތަކާއި އޮންނަ ސިޔާސީ ގުޅުން ކަނޑާލުމަކީ އެންމެ ފަހު މަރްހަލާގައި، ގައުމުތަކުން ކުރާ ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. އަންނަ ޖޯޝުގައި ގުޅުން ކަނޑާލުމަށް ފަހު އެ ގުޅުން އަލުން ބަދަހި ކުރަން ކިތަންމެ މަސައްކަތް ކުރިޔަސް އެއީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން އަވަދިނެތި މަސައްކަތް ކުރައްވަމުން އަންނަނީ، ކުރީ ސަރުކާރުން ސިޔާސީ ގުޅުން ކަނޑާލާފައިވާ ގައުމުތަކާއި، ގުޅުން ބަދަހިކުރަން ކަމަށް ވިދާޅުވިއެވެ.

ދޭދޭ ގައުމުތަކާއި އެކު ސިޔާސީ ގުޅުން ބަދަހި ކުރުމުގައި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ދިވެހި ރައްޔިތުންގެ މަސްލަހަތަށް އިސްކަންދިނުން ކަމަށް ޝާހިދު ވިދާޅުވިއެވެ. ރައްޔިތުންގެ އިހްސާސްތަކާއި، ރައްޔިތުން އެދޭ ގޮތަށް، ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ގަތަރާއި އެކު އޮތް ސިޔާސީ ގުޅުން ކަނޑާލާފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރުގެ ޖޫންމަހުގެ 5 ވަނަ ދުވަހުއެވެ. ސިޔާސީ ގުޅުން ކަނޑާލާފައިވަނީ ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެއެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އޭރުގެ ސަރުކާރުން ގަތަރާއި އެކު އޮތް ސިޔާސީ ގުޅުން ކަނޑާލާފައިވަނީ ސައުދީ އަރަބިއާގެ ނުފޫޒުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް