Advertisement
ކ. މާލެ
|
31 ޖުލައި 2019 | ބުދަ 08:22
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ސުޕްރީމް ކޯޓުން އީސީގެ މެންޑޭޓް ތެރެއަށް ވަދެފައިވޭ : އީސީ
އިންތިހާބުގެ ވަގުތާ ގަޑި ކަނޑައެޅުމަކީ އީސީގެ ޒިންމާއެއް
ސުޕްރީމް ކޯޓުން ގަޑިއަށް ބަދަލު ގެނައުމުން އީސީއިން ބުރަތަކެއް އުފުލަން ޖެހުނު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންޑޭޓް ތެރެއަށް ވަދެފައިވާ ކަމަށް އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އޮތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މެމްބަރަކު އެއްސެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަރީފް ވިދާޅުވީ، އިންތިހާބު ބާއްވާނެ ވަގުތުތަކާއި ގަޑި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. އިންތިހާބު ބާއްވާ ގަޑިއާއި ވަގުތު ކަނޑައެޅުމަކީ އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ ދަށުން އީސީއަށް ލިބިދީފައިވާ ބާރެކެވެ.

Advertisement

މިކަމަށް އަލިއަޅުއްވާލާ ދެއްކެވި ވާހަކަފުޅުގައި ޝަރީފް އިތުރަށް ވިދާޅުވީ، އީސީއިން ނިންމާފައި އޮތް ވަގުތަށް ސުޕްރީމް ކޯޓުން ބަދަލު ގެނައުމުގެ ސަބަބުން އީސީގެ މުވައްޒަފުންނާއި މެމްބަރުން އިތުރު ބުރަތަކެއް އުފުލަން ޖެހުނު ކަމަށެވެ. ނަމަވެސް އެއީ ސުޕްރީމް ކޯޓުގެ ނިންމުމެއް ކަމުން އެކަމާ "ޗެލެންޖެ" ކުރެވެން ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކަމެއް ނިންމާފައި އޮތް އިރުގައި (އެހެން) ގަޑިއަކާއި ވަގުތާ ދިނުމުން، އެގަޑިއަށް ފެއްތުމަށްޓަކާ މުވައްޒަފުން ހޭލާ ތިބެގެން ގަޑިއަށް ފައްތަން ޖެހުނު. ސުޕްރީމް ކޯޓުގެ ނިންމުމެއް ވީމާ އެކަން ތަންފީޒު ކުރަން ޖެހޭ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް

ޝަރީފް އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓުން މިހެން ކަންކަން ކުރެއްވުމުން އިލެކްޝަންސް ކޮމިޝަނަށް އިތުރު ދަތިތަކަކާ ކުރިމަތިލާން ޖެހުނުކަން ކޯޓުން ވެސް ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.

ކޮމިޓީ ބައްދަލުވުމުގައި ޝަރީފް ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދިމާވި ކަންތައްތަކާއި ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިންގައި ހުރި ބައެއް ކަންކަން އުވާލަން ވެސް ދަންނަވާފައިވާނެ ކަމަށެވެ. ނަމަވެސް އަދި އެކަމުގައި ކޯޓުން ގޮތެއް ނުނިންމާ ކަމަށް ވެސް ޝަރީފް ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް