Advertisement
ކ. މާލެ
|
30 ޖުލައި 2019 | އަންގާރަ 18:01
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ަމަޖިލިސް 2019
މިނިސްޓަރ ޝާހިދު މާދަމާ މަޖިލީހަށް ހާޒިރުކުރަނީ
މިނިސްޓަރާއި ސުވާލުކުރައްވަނީ ގަތަރާއި ރާއްޖެ އާއި ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރުމާއި ގުޅޭ ގޮތުން
މިނިސްޓަރާއި ސުވާލުކުރެއްވުމަށް މެމްބަރު ޖާބިރް ހުށަހެޅުއްވީ 2 ޖޫންގައި
ސުވާލުކުރެއްވުމަށް މިނިސްޓަރ މަޖިލީހަށް ހާޒިރުކުރުން ލަސްވެފައިވަނީ، ރާއްޖޭން ބޭރުގައި އުޅުއްވުމުގެ ސަބަބުން

ގަތަރާއި ރާއްޖެ އާއި ދެމެދު ސިޔާސީ ގުޅުން ބަދަހި ކުރުމާއި ގުޅޭ ގޮތުން ސުވާލު ކުރެއްވުމަށް، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބުދަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިސް ޖަލްސާއަށް ހާޒިރުކުރަން ނިންމައިފިއެވެ.

ގަތަރާއި ރާއްޖެ އާއި ދެމެދު ސިޔާސީ ގުޅުން ބަދަހި ކުރުމާއި ގުޅޭ ގޮތުން ސުވާލު ކުރެއްވުމަށް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއެވެ.

ޖާބިރު ހުށަހެޅުއްވި މައްސަލައިގެ 14 ދުވަހުގެ ނޯޓިސް ހަމަވިއިރު، މިނިސްޓަރ މަޖިލީހަށް ހާޒިރުކުރެވިފައެއް ނުވެއެވެ. މުއްދަތު ހަމަވިއިރު މިނިސްޓަރ ހާޒިރުކުރެވިފައި ނުވަނީ، ނޯޓިސްގެ މުއްދަތު ހަމަވިއިރު، ޝާހިދު ރާއްޖޭން ބޭރުގައި ހުންނެވުމުގެ ސަބަބުންނެވެ. މިނިސްޓަރާއި ސުވާލު ކުރެއްވުމަށް މެމްބަރު ޖާބިރް ހުށަހެޅުއްވީ 2 ޖޫންގައެވެ.

Advertisement

މެމްބަރު ޖާބިރު މިނިސްޓަރާއި ސުވާލުކުރައްވަނީ ގަތަރާއި ރާއްޖެ އާއި ދެމެދު އޮންނަ ސިޔާސީ ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ހިސާބާއި ގުޅޭ ގޮތުންނާއި، އަދި މި ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނަމަ އެކަން ގޮސްފައިވަނީ ކިހާ ހިސާބަކަށްތޯ އާއި ގުޅޭ ގޮތުންނެވެ. މީގެއިތުރުން، ޖާބިރު ކުރައްވާ ސުވާލުތަކުގެ ތެރޭގައި، ގަތަރާއި ރާއްޖެއާ އޮންނަ ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދަވާ ނަމަ، އެ ގުޅުން ބަދަހި ކުރުމުގެ ވިސްނުން މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ތެރޭގައި ނުހިމެނެނީތޯ، އަދި އެހެން ކަމަށްވާ ނަމަ އޭގެ ސަބަބަކީ ކޮބާތޯ އާއި ގުޅޭ ގޮތުންނެވެ.

ސަރުކާރުގެ ގިނަ ވަޒީރުންތައް މަޖިލީހަށް ހާޒިރުކޮށް އެކި ކަންކަމާއި ގުޅޭ ގޮތުން މެމްބަރުން ގެންދަވަނީ ސުވާލު ކުރައްވަމުންނެވެ. އެގޮތުން މި ދިޔަ ހަފްތާގެ ހޯމަ ދުވަހު އޮތް ޖަލްސާއަށް ހައުސިންގ މިނިސްޓަރ އާތިފާ ޝަކޫރު ހާޒިރުކޮށް ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ ސުވާލު ކުރައްވާފައެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް