Advertisement
ކ. މާލެ
|
30 ޖުލައި 2019 | އަންގާރަ 16:46
މިނިސްޓަރ މަހްލޫފް
މިނިސްޓަރ މަހްލޫފް
އެމްއޯސީ
އދ
އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ސްޕެޝަލް އެންވޯއި އޮން ޔޫތު ރާއްޖެ ވަޑައިގަންނަވަން ނިންމަވައިފި
އެކަމަނާގެ ދަތުރުފުޅަކީ މިނިސްޓަރ ގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް

އދ ގެ ސެކްރެޓަރީ ޖެނެރަލްގެ ސްޕެޝަލް އެންވޯއި އޮން ޔޫތު ޖަޔައަތުމާ ވިކްރަމަންޔަކޭ ރާއްޖެއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

އޭނާ ރާއްޖެއަށް ވަޑައިގަންނަވަނީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ދެއްވި ޚާއްސަ ދައުވަތަކަށެވެ. ރާއްޖެ ވަޑައިގަތުމަށް ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް އޭނާއަށް ދައުވަތު އަރުވާފައިވަނީ މިދިޔަ ޖޫން މަހުގެ 21 އިން 23 އަށް ޕޯޗުގަލްގެ ލިސްބަންގައި ބޭއްވި ވާރލްޑް ކޮންފަރެންސް އޮން މިނިސްޓަރސް ރެސްޕޮންސިބަލް ފޮރ ޔޫތު އަދި ޔޫތު ފޯރަމް 2019 ގެ ހަވާސާގައި ބޭއްވުނު ބައްދަލުވުމެއްގައެވެ. އޭނާ ރާއްޖެ ވަޑައިގަންނަވަނީ ބައިނަލްއަގްވާމީ ޒުވާނުން ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.

Advertisement

މިއަހަރުގެ ޒުވާނުންގެ ދުވަސް ކުލަގަދަ ގޮތެއްގައި ނ. ވެލިދޫގައި ފާހަގަކުރެވިގެންދާއިރު ޖަޔައަތުމާ އެ ދުވަހުގެ އެކި ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ދަތުރުގައި ރާއްޖޭގެ ނައިބް ރައީސް ފައިސަލް ނަސީމް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާ އޭނާ ބައްދަލުކުރައްވާނެއެވެ. ހަމައެހެންމެ ރައްޔިތުންގެ މަޖިލީހުގެ ޒުވާން މެމްބަރުންނާއި ނެޝަނަލް ޔޫތު ކައުންސިލްގެ މެމްބަރުންނާއި ވެސް އޭނާ ބައްދަލުކުރައްވާނެއެވެ.

މިއީ އދގެ ސެކްރެޓަރީ ޖެނެރަލްގެ ޔޫތު އެންވޯއިއަކު ރާއްޖެއަށް ކުރައްވާ މިފަދަ ފުރަތަމަ ދަތުރުފުޅެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް