Advertisement
ކ. މާލެ
|
30 ޖުލައި 2019 | އަންގާރަ 16:44
ޔޫތް ޓެކް ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޔޫތް ޓެކް ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް އެމްޕަވަރމެންޓް
ޔޫތް ޓެކް ފެއާ
ޔޫތު ޓެކް ފެއަރ 2019 ހުޅުވައިފި
ފެއަރއިން ހޮވާލެވޭ އެންމެ މޮޅު ފަސް ބައިވެރިންނަށް އުކުޅަސް ޓެކް ފެއަރ 2019 ގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ
މި ފެއަރއަކީ ޒުވާނުން ބާރުވެރިކުރުވައި ޓެކްނޮލޮޖީގެ ތެރެއިން ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ބާއްވާ ފެއަރއެއް

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން އިސް ނަގައިގެން ބާއްވާ ޔޫތު ޓެކް ފެއަރ 2019 ހުޅުވައިފިއެވެ.

ސޯޝަލް ސެންޓަރ ގައި ކުރިޔަށްދާ މި ފެއަރއަކީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އަދި އުގައިލް ފައުންޑޭޝަނާއި ގުޅިގެން ބާއްވާ ފެއަރއެކެވެ. މި ފެއަރ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލްއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އަޙްމަދު މަޙްލޫފްގެ އިތުރުން ޕްރޮފެސަރ ހަސަން އުގައިލް ވަނީ ބައިވެރިވެވަޑައިގަންފައެވެ.

މި ފެއަރއަކީ ޒުވާނުން ބާރުވެރިކުރުވައި ޓެކްނޮލޮޖީގެ ތެރެއިން ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ބާއްވާ ފެއަރއެކެވެ.

Advertisement

މި ފެއާ އާއްމު ރައްޔިތުންނަށް ބުދަ ދުވަހު ހުޅުވާލުމަށް ހަމަޖެހިފައިވާއިރު ބުދަ ދުވަހު ފެއަރ ބައްލަވާލެއްވުމަށް ވަޑައިގަންނަވާ ބޭފުޅުންނަށް ވެސް ފެއަރގެ ބައިވެރިންގެ ތެރެއިން އެންމެ މޮޅު ބައިވެރިޔާ ހޮވުމަށް ނަގާ ވޯޓުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ. ހަމައެހެންމެ ފެއަރއަށް ޒިޔާރަތްކުރައްވައިގެން އުރީދޫއިން ބާއްވާ ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.

ފެއަރގެ އެންމެ މޮޅު ބައިވެރިން ހޮވުމަށް ޚާއްސަ ޖަޖިން ޕެނަލްއެއް އެކުލަވާލެވިފައިވާއިރު މި ޕެނަލް ލީޑް ކުރައްވާނީ ޕްރޮފެސަރ އުގައިލްއެވެ. އަދި

ފެއަރއިން ހޮވާލެވޭ އެންމެ މޮޅު ފަސް ބައިވެރިންނަށް އުކުޅަސް ޓެކް ފެއަރ 2019 ގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް