Advertisement
ކ. މާލެ
|
30 ޖުލައި 2019 | އަންގާރަ 14:10
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
ރާއްޖެއެމްވީ
މަޖިލިސް
ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާއި ބެހޭ ރިޕޯޓު ޖުޑީޝިއަރީ ކޮމެޓީއަށް ފޮނުވުމަށް މަޖިލީހުން ބަލައިގަނެފި
މެމްބަރު ރޮޒެއިނާގެ ހުށަހެޅުން ބަލައިގެންފައިވަނީ 39 މެމްބަރުންގެ ވޯޓާއެކު
މެމްބަރު އާޒިމްގެ ހުށަހެޅުން ބަލައިގެންފައިވަނީ 65 މެމްބަރުންގެ ތާއީދާއެކު

ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާއި ބެހެގޮތުން ޖޭއެސްސީ އިން ފޮނުވާފައިވާ ރިޕޯޓު ދިރާސާ ކުރުމަށް ޖުޑީޝިއަރީ ކޮމެޓީއަށް ފޮނުވުމަށް މަޖިލީހުން ބަލައިގަނެފިއެވެ.

މި ހުށަހެޅުން މަޖިލީހުން ބަލައިގަތީ 39 މެމްބަރުންގެ ތާއީދާއެކުއެވެ.

މި ހުށަހެޅުން މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާފައި ވަނީ ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އެވެ. މެމްބަރު ރޮޒެއިނާ ހުށަހެޅުއްވި ހުށަހެޅުމަކީ ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން "ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާ ގުޅޭ ރިޕޯޓް" ގެ ނަމުގައި ތައްޔާރު ކުރި ރިޕޯޓަށް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމެކެވެ.

މި ހުށަހެޅުމަށް ތާއީދު ކުރައްވާފައިވަނީ ކަނޑިތީމު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމެވެ.

Advertisement

މީގެ އިތުރުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް ވަނީ މި ރިޕޯޓަށް ހުށަހެޅުއްވުމެއް ހުށަހަޅާފައެވެ. މަޖިލީހުން މި ހުށަހެޅުން ބަލައިގަނެފައިވަނީ މަޖިލީހުގެ 65 މެމްބަރުންގެ ތާއީދާއެކުއެވެ.

މެމްބަރު ހުށަހެޅުއްވި ހުށަހެޅުމަކީ ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުގައި ނުނިމި ހުރި ހުރިހާ މައްސަލަތަކެއް ނިންމުމަށް ހުރި ހުރަސްތައް ދެނެގަނެ އަދި އެ ހުރަސްތައް ގިރާ ކުރުމަށް ހުރި ކަންކަން ޖޭއެސްސީ އިން ނިންމާފައިވާއިރު އެ ކޯޓުގެ މައްސަލަތައް އަވަހަށް ނިންމުމަށްޓަކާ އެ ކޮމިޝަނުން ގެންގުޅޭ އަމާޒަށް ވާސިލުވުމަށްޓަކާ ބޭނުންވާ އިންތިޒާމްތައް ހަމަޖައްސާ ދިނުމަށް އެހީތެރިވުމަށް މަޖިލީހުގެ ޖޫޑީޝިއަރީ ކޮމެޓީއަށް ފޮނުވުމަށެވެ.

މެމްބަރު އާޒިމްގެ ހުށަހެޅުން ހުށަހެޅުއްވުމުގެ ކުރިން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވެސް ވަނީ ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. މެމްބަރު އިލްޔާސް ގެ ހުށަހެޅުއްވުމަކީ ކޯޓުތަކުގައި މައްސަލަތައް އަވަހަށް ނިންމުމަށްޓަކާ އެ ކޮމިޝަނުން ގެންގުޅޭ އަމާޒަށް ވާސިލްވުމަށް ބޭނުންވާ ރޭވުންތައް ރާވައި ދެއްވާ ކުރެވެން ހުރި ކަންތައްތައް ކޮށްދިނުމަށް މަޖިލީހުގެ ޖުޑީޝިއަރީ ކޮމެޓީއަށް ހަވާލު ކުރުމަށެވެ.

ނަމަވެސް މެމްބަރު އާޒިމްގެ ހުށަހެޅުން ހުށަހެޅުއްވުމުން މެމްބަރު އިލްޔާސް ލަބީބް ވަނީ އޭނާ ހުށަހެޅި ހުށަހެޅުން އަނބުރާ ނަންގަވާ، މެމްބަރު އާޒިމް ހުށަހެޅުއްވި އިސްލާހަށް ތާއީދު ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް