Advertisement
ކ. މާލެ
|
30 ޖުލައި 2019 | އަންގާރަ 10:59
ނުނިމިވާ 1910 މައްސަލަ އެބައޮތް ކަމަށް
ނުނިމިވާ 1910 މައްސަލަ އެބައޮތް ކަމަށް
ރައްޔިތުންގެ މަޖިލިސް 2019
ނުނިމި ހުރި 1910 މައްސަލަ ކްރިމިނަލް ކޯޓްގައި
މައްސަަލަތައް އެކި ފަނޑިޔާރުންނާއި ހަވާލުކުރެވި އެ ބޭފުޅުންގެ އަތްޕުޅުގައިވާ ކަމަށް
މަައްސަލަތައް އަވަހަށް ނިންމުމަށް މަޖިލީހުގެ އެއްބާރުލުމަށް ޖޭއެސްސީން ވަނީ އެދިފައި
10 އަހަރުވެފައިވާ 12 މައްސަލައެއް ހިމެނޭ

ކްރިމިނަލް ކޯޓްގައި 1910 މައްސަލަ ނުނިމި އެބައޮތް ކަމަށް، ޖޭއެސްސީން މަޖިލީހަށް ފޮނުވާފައިވާ ރިޕޯޓްއިން ހާމަވެއްޖެއެވެ.

ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ނުނިމި އާދަޔާ ޚިލާފަށް ދިގު ދެމިގެންދާ ކަމުގެ ޝަކުވާ ޖޭއެސްސީއަށް ލިބެމުންދާތީ، ކޯޓަށް ހުށަހެޅޭ މައްސަލަތައް ލަސްވާ ސަބަބު ދެނެގަތުމަށް 3 މެމްބަރުން ހިމެނޭ ކޮމިޓީއެއް އެކުލަވާލައި، ރިޕޯޓެއް ވަނީ އެކުލަވާލާފައެވެ.

Advertisement

ކޮމިޝަނުގެ ރިޕޯޓް މިއަދު ކުރިއަށްދާ މަޖިލީހުގެ ޖަލްސާއަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހުށަހަޅުއްވާފައެވެ. ކޮމިޓީން މަޖިލީހަށް ހުށަހަޅާފައިވަނީ ކްރިމިނަލް ކޯޓްގައި ނުނިމި ދިގުލައިގެން ގޮސްފައިވާ މައްސަލަތަކުގެ ތަފްސީލެވެ.

ކްރިމިނަލް ކޯޓްގައި ނުނިމި ހުރި 1910 މައްސަލަތަކުގެ ތަފްސީލް:

  • 10 އަހަރުވެފައިވާ 12 މައްސަލައެއް
  • 5 އަހަރުވެފައިވާ 126 މައްސަލަ
  • ޖިނާއީ އިޖްރާއަތުގެ ގާނޫނަށް 2 ޖުލައި 2017 ވަނަ ދުވަހު އަމަލުކުރަން ފެށުނު ފަހުން، ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ނުނިމިވާ 181 މައްސަލަ

ކޮމިޓީން މަޖިލީހަށް ހުށަހެޅި ރިޕޯޓްގައި ބުނެފައިވަނީ އެ މައްސަލަތައް އެކި އެކި ފަނޑިޔާރުންނާއި، ހަވާލު ކުރެވި އެ ބޭފުޅުންގެ އަތްޕުޅުގައިވާ ކަމަށެވެ.

ރިޕޯޓް އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުން:

  • ޖޭއެސްސީގެ ނައިބް ރައީސް މަސްތޫރު ހުސްނީ
  • ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖޭއެސްސީގައި އިންނަވާ މެމްބަރު ހިސާން ހުސެއިން
  • ދަށު ކޯޓްތަކުގެ ފަރާތުން ޖޭއެސްސީގައި އިންނަވާ އަބްދުލް ގަފޫރު އިބްރާހިމް

ކޮމިޝަނުން ރިޕޯޓްގައި އެދިފައިވަނީ ކޮމިޝަނުގެ އަމާޒަށް ވާސިލް ވުމަށްޓަކައި ކުރަން ހުރި ކަންތައްތައް ކުރުމުގައި މަޖިލީހުގެ އެހީތެރިކަން ކޮމިޝަނަށް ފޯރުކޮށްދިނުމަށެވެ.

ޖޭއެސްސީގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ، ރިޕޯޓް އެކުލަވާލެވިފައިވަނީ ޖޭއެސްސީގެ މުވައްޒިފުންގެ ބުރަ މަސައްކަތުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް