Advertisement
ކ. މާލެ
|
30 ޖުލައި 2019 | އަންގާރަ 09:02
ވީހާވެސް ގިނަ ބަޔަކު މި ހަރަކާތުގައި ބައިވެރިވުމަށް މިނިސްޓްރީން އެދޭ
ވީހާވެސް ގިނަ ބަޔަކު މި ހަރަކާތުގައި ބައިވެރިވުމަށް މިނިސްޓްރީން އެދޭ
ޝުއައިބް މުހައްމަދު އިގްބާލް
ހޯމް މިނިސްޓްރީ
ބައިނަލް އަގްވާމީ ރަހްމަތްތެރިކަމުގެ ދުވަސް މިއަދު ފާހަގަކުރަނީ
މި ހަރަކާތް އޮންނާނީ މިއަދު ހަވީރު
އަތު ގުޅާލުން ފެށެނީ ހަވީރު 4.45 ގައި ރިންގު ރޯޑުގައި
މިއީ މި ހަރަކާތް ރާއްޖޭގައި ފާހަގަކުރާ ފުރަތަމަ ފަހަރު

2019 ވަނަ އަހަރުގެ ބައިނަލް އަގްވާމީ ރަހްމަތްތެރިކަމުގެ ދުވަސް (އިންޓަރނޭޝަނަލް ފްރެންޑްޝިޕް ޑޭ) ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ އަތުގުޅާލުމުގެ ހަރަކާތް އަންގާރަ ދުވަހު ހަވީރު އޮންނާނެއެވެ.

ހޯމް މިނިސްޓްރީން ބުނީ މި ހަރަކާތް އޮންނާނީ 30 ޖުލައިގެ ހަވީރު 4.45 ގައި ބޮޑު ތަކުރުފާނު މަގު "ރިންގު ރޯޑު" ގައި ކަމަށެވެ. މި ހަރަކާތުގައި ރާއްޖޭގައި ދިރިއުޅެމުން އަންނަ އެކި ގައުމުތަކުގެ މީހުން ވެސް ބައިވެރިވާނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ

ހޯމް މިނިސްޓްރީން ބުނީ އަތުގުޅާލުމުގެ މި ހަރަކާތުގައި ވީހާވެސް ގިނަ މީހުން ބައިވެރިވާން އެދޭ ކަމަށާއި، ހަރަކާތުގައި ބައިވެރިވާން އަންނަ ފަރާތްތަކުން ، ގައުމީ ކުލައެއްގެ ހެދުމުގައި އައުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަތުގުޅާލުން ކުރިއަށްދާ ވަގުތު ގައުމީ ދިދަ، ހުރިހާ އެންމެންނަށް ފޯރުކޮށްދޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއީ މި ހަރަކާތް ރާއްޖޭގައި ފާހަގަކުރާ ފުރަތަމަ ފަހަރެވެ.

Advertisement

އަތުގުޅާލުމުގެ ހަރަކާތް ކުރިއަށްދާ ވަގުތު ބޮޑު ތަކުރުފާނު މަގުގައި، މާލެ ވަށާ އިންޖީނުލީ އުޅަނދު ދުއްވުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މަނާ ކޮށްފައެވެ. ބޮޑުތަކުރުފާނުމަގުގައި، އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާ ގަނޑިތަކަކީ ހަވީރު 4.30 އިން 6.00 އަށެވެ.

އެ ގަނޑިތަކުގައި ދުއްވޭނީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި، އެމްބިއުލެންސް، އާ ފުރާ މީހުން ބޭނުންކުރުމަށް ހުއްދަ ދެވޭ އުޅަނދާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކުރެވިފައިވާ އުޅަނދުތަކާއި، ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ދެމުން ގެންދާ ބަހުގެ ހިދުމަތުގެ އިތުރުން އެ ގަޑިތަކުގައި ދުއްވުމުގެ ހުއްދަ ދެވޭ އުޅަނދުތައް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް