Advertisement
ކ. މާލެ
|
30 ޖުލައި 2019 | އަންގާރަ 08:08
ޓޫރިޒަމްގެ މާސްޓާ ޕްލޭންގެ އެކުލަވައިލުމުގެ މަސައްކަތް އިފްތިތާހުކުރުމުގެ ޖަލްސާގެ ތެރެއިން
ޓޫރިޒަމްގެ މާސްޓާ ޕްލޭންގެ އެކުލަވައިލުމުގެ މަސައްކަތް އިފްތިތާހުކުރުމުގެ ޖަލްސާގެ ތެރެއިން
ރައީސް އޮފީސް
ޓުއަރިޒަމް މިނިސްޓަރ
ދުނިޔޭގެ ރިކޯޑެއް ގާއިމް ކުރުމުގެ ގޮތުން މީހުން ދިރިއުޅޭ ސިޓީއެއްގެ ވަށައިގެން ރިންގެއް އަޅަނީ
ހިއުމަން ރިންގެއް އެޅުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު
އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަކޮށް ހުޅުވާލައިގެން ބޮއްކުރާ ރޭހެއްވެސް ބޭއްވުމަށްވަނީ ހަމަޖެހިފައި
ސެޕްޓެމްބަރ މަހުގައި ޓޫރިޒަމް ކޮންފަރެސް ބާއްވާނެ

ދުނިޔޭގެ ރިކޯޑެއް ގާއިމް ކުރުމުގެ ގޮތުން ދެ ގަޑިއިރު ތެރޭގައި މީހުން ދިރިއުޅޭ ސިޓީއެއްގެ ވަށައިގެން ހިއުމަން ރިންގެއް އަޅަން ނިންމާފައިވާ ކަމަށް، ޓޫރިޒަމްގެ މާސްޓާ ޕްލޭންގެ އެކުލަވައިލުމުގެ މަސައްކަތް އިފްތިތާހުކުރުމުގެ ގޮތުން ހޯމަދުވަހުގެ ރޭ ބޭއްވި ހާއްސަ ހަފްލާގައި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ސެޕްޓެމްބަރު މަހުގެ ފަހުކޮޅު މީހުން ދިރިއުޅޭ ސިޓީއެއްގެ ވަށައިގެން މޫދުގައި ހިއުމަން ރިންގެއް އެޅުމުގެ ގޮތުން މާލެ ވަށައި ހިއުމަން ރިންގެއްއަޅައި ދުނިޔޭގެ ރިކޯޑެއް ގާއިމް ކުރާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަދި ފްރީ ޑައިވް ދުނިޔޭގެ ޗެމްޕިއަނުންނާއި އެއްކޮށް ދުނިޔޭގެ ފްރީ ޑައިވް ރިކޯޑެއް ގާއިމް ކުރުމަށްޓަކައި ރާއްޖޭގެ ރިސޯޓެއްގައި އެ މަސައްކަތް ކުރާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

Advertisement

ހުރިހާ ކަމެއް މާލެގައި ކުރުމުގެ ވިސްނުން ދޫކޮށްލައި މުޅި ރާއްޖެއަށް ހުޅުވާލައިގެން، އަންހެނުންނާއި ފިރިހެނުން ހަމަހަމަކޮށް ބައިވެރިވެގެން ވާވު އަތޮޅުގެ ކެޔޮދޫއިން ފެލިދުއަށް ރާއްޖޭގެ ވިހި އަތޮޅަށް ހުޅުވާލައިގެން ބޮއްކުރާ ރޭހެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

އަދި ސެޕްޓެމްބަރ މަހުގައި ޓޫރިޒަމް ކޮންފަރެސް ބާއްވާނެ ކަމަށާއި އަދި އެ ކޮންފެރެސްގެ މައިގަނޑު އަސާސަކަށް ވާނީ ރާއްޖޭގެ ހުރިހާ ރިސޯޓްތަކަށް ބަވަނަވަމުން އަންނަ ދުނިޔެއެއްގައި ނިރުބަވެރިކަމުގެ ބިރުވެރިކަމުގެ ތެރޭގައި ހުރި ކަންކަމަށް ހޭލުންތެރިކޮށް، އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައްއެޅުމަށް ހޭލުންތެރިކުރުމަށާއި އޭގެ އިތުރުން ރާއްޖޭގެ ފަންނާނުންގެ މަސައްކަތްތައް ބްރިޖްކޮށްދިނުން ކަމަށާއި ސެޕްޓެމްބަރުމަހުގެ ފަހުކޮޅު މި ކޮންފަރެންސް ބާއްވާނެކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
1 އޯގަސްޓް 2019 | ބުރާސްފަތި 14:27
ވަނދުކަރާ
ފައްކާ ކަނޑުކޮހެއް 5 އަހަރުގެ މާސްޓަރ ޕުލޭންގަ ހދ އަތޮޅުގެ ނަންވެސް ނުގަނޭ ކައުންސިލު އިންތިހާބުގަ ރަނގަޅައް ވެލިކާންދޭނަން ބަލަންހުންނާތި