Advertisement
ކ. މާލެ
|
29 ޖުލައި 2019 | ހޯމަ 21:39
އެމީހާ މަރުވީ ކޮނޮއްޓާ ކައިރި އޮންނަ ތިލަޔަކަށް އެންދަމަން ފައިބައިގެން އުޅެނިކޮށް
އެމީހާ މަރުވީ ކޮނޮއްޓާ ކައިރި އޮންނަ ތިލަޔަކަށް އެންދަމަން ފައިބައިގެން އުޅެނިކޮށް
ހޮޓެލިއަރ މޯލްޑިވްސް
ކަނޑުމަތީގެ ހާދިސާ
އެންދަމަން ފޭބި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
މަރުވެފައިވަނީ 45 އަހަރުގެ މީހެއް
ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ މަރުވެފައި

ގދ. ކޮނޮއްޓާ ކައިރިން ފުޅި އަޅައިގެން އެންދަމަން ފޭބި 45 އަހަރުގެ ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ, ހޯމަ ދުވަހު ހަވީރު މަސްދޯންޏެއްގެ ކެޕްޓަނަކު ގދ. ކޮނޮއްޓާ ކައިރީގައި އޮންނަ ތިލަޔަކަށް އެންދަމަން ފުޅި އަޅައިގެން މޫދަށް އެރުނު ގޮތަށް އެ މީހާގެ ހަބަރެއް ނުވެގެން ދޯނީގައި ތިބި މީހުން އޭނާ ހޯދުމަށް މޫދަށް ފޭބިއިރު އަޑީގައި އޭނާ ހޭނެތިފައި އޮއްވާ ފެނިފައިވާ ކަމަށެވެ.

Advertisement

6:00 ހާއިރު، ގދ. ތިނަދޫ ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރު އެމީހާ މަރުވެފައިވާ ޑޮކްޓަރާ ހަވާލާދީ ފުލުހުން ރިޕޯޓްކޮށްފައިވެއެވެ. ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި ފަހަކަށް އައިސް ކަނޑުމަތީގައި މީހުން މަރުވާ އަދަދު ވަނީ އިތުރުވެފައެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައިން ކަނޑުމަތީގެ ހާދިސާތަކުގައި މަރުވެފައިވަނީ ފަތުރުވެރިންނެވެ. މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 58 ހާދިސާ އެއް ހިނގައި 38 މީހަކު މަރުވެފައިވެއެވެ. މިދިޔަ އަހަރު 45 ހާދިސާއެއް ހިނގައި 39 މީހަކު މަރުވެފައިވާއިރު، މީގެ ތެރެއިން އެންމެ ގިނައީ ސްނޯރކަލް ކުރުމާއި ޑައިވިންގް އާއި މޫދަށް އެރި އުޅުމުގެ ތެރޭގައި ދިމާވާ ހާދިސާތަކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް