Advertisement
ކ. މާލެ
|
29 ޖުލައި 2019 | ހޯމަ 18:04
އެމްޑީޕީގެ ޒުވާނުންތަކެއް
އެމްޑީޕީގެ ޒުވާނުންތަކެއް
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ކޮންގްރެސް އޮގަސްޓް މަހު
އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފެރެންސެއް ވެސް އޮންނާނެ
300 އަށްވުރެ ގިނަ ކައުންސިލަރުން ބައިވެރިވާނެ
ޒުވާނުންގެ ހިތްވަރު ރައީސާއި ނައިބު ރައީސް އައްޔަން ކުރަނީ ވޯޓަކުން

ސަރުކާރުގެ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޒުވާނުންގެ ހިތްވަރުގެ ބައިވެރިވުން ސިޔާސަތު ކަނޑައެޅުމުގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް އަމާޒުކޮށްގެން އެމްޑީޕީ ޔޫތު ކޮންގްރެސް އޮގަސްޓު މަހު ބާއްވަން ހަމަޖެހިއްޖެއެވެ.

ހޯމަ ދުވަހު އެ ޕާޓީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ، އެ ފޯރަމްގައި ރާއްޖޭގެ އެކި ދާއިރާއިން ޒުވާނުން ބައިވެރިވެ، ޒުވާނުން ބާރުވެރިކޮށް ސިޔާސީ މައިދާނަށް އިތުރު ޒުވާނުން ނެރުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރެވޭނެ ކަމަށެވެ.

Advertisement

އަދި އޭގެ އިތުރުން އެމްޑީޕީ އަށް ނިސްބަތްވާ ކައުންސިލަރުން ބައިވެރިވާ ކައުންސިލަރުންގެ ކޮންފެރެންސެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް އެމްޑީޕީއަށް ނިސްބަތްވާ 300 އަށްވުރެ ގިނަ ރަށު، އަތޮޅު އަދި ސިޓީ ކައުންސިލަރުންނަށް ދައުވަތު އަރުވާނެއެވެ.

އެމްޑީޕީގެ މެންބަރުންކުރެން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަކީ ޕާޓީގެ ޒުވާނުންގެ ހިތްވަރު ރަޖިސްޓަރީ ކުރުން ހައްގު މީހުންނެވެ. ޒުވާނުންގެ ހިތްވަރު ރިޔާސަތު ބަލަހައްޓާނީ ޒުވާނުންގެ ހިތްވަރުގެ ރައީސްއެވެ. ޒުވާނުންގެ ހިތްވަރު ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރާނީ ޒުވާނުންގެ ހިތްވަރުގެ ރަޖިސްޓަރީ ކުރާ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ޒުވާނުންނަށް ޕާޓީގެ ކަންކަމުގައި ފުޅާ ދާއިރާއެއްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަކީ ޒުވާނުންގެ ހިތްވަރުގެ މަސްއޫލިއްޔަތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް