މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބާއި، ނައިބް ރައީސް ފާތިމަތު ޒައިނާ މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުން މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ.
ފާއިތުވި ފަސް އަހަރު ދައުލަތުގެ މީޑިޔާ ސަރުކާރުން ހިސޯރުކޮށްފައި އޮތުމާއި، މިނިވަން މީޑިޔާތައް ހިންގުމަށް ކޮމިޝަނުން ހުރަސްއަޅާފައިވާތީ، އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމަށް ބުދަ ދުވަހު މިނިވަން މުއްސަސާތަކާ ބެހޭ ކޮމިޓީއަށް ބްރޯޑްކޮމްގެ މެމްބަރުން ހާޒިރުކޮށް އެ ކޮމިޓީގެ މެމްބަރުންނާ ވަނީ ސުވާލުތަކެއް ކުރިމަތި ކުރައްވާފައެވެ.
ބްރޯޑްކޮމްގެ ބައެއް މެމްބަރުން ވަނީ ކުރިން ގޯސްތަކެއް ހެދިފައިވާ ކަމާށާއި، މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮވެ ވަކި ފަރާތަކަށް ބުރަވެގެން މަސައްކަތް ކޮށްފައިވާކަމަށް އަމިއްލަ އަށް ޢިއުތިރާފްވެ ވަޑައިގެންފައެވެ.
ސަބް ކޮމިޓީގެ ރިޕޯޓުން ދައްކާ ގޮތުން އެންމެ ބޮޑަށް ގޯސް ހައްދަވާފައި ވަނީ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް އާއި ނާއިބް ރައީސް ފަތިމަތު ޒައިނާއެވެ.
ޒީނާ ފިޔަވާ ބޮރްޑްކޮމްގެ އެހެން މެމްބަރުން ވަކި ކުރަން ވޯޓު ދެއްވި މެމްބަރުންނަކީ:
ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް
ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮން ބިލެތް)
އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު (ހަސަންޓޭ)
ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ (ޕީޕީއެމް)
ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ
ބްރޮޑްކޮމްއަކީ ހަތް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ. ކޮމިޝަންގެ ދެ މެމްބަރުން ކަމަށްވާ އިސްމާއިލް ސޮފްވާން އާއި ހަސަން ނަބާހު ވަނީ އިސްތިއުފާދެއްވާފައެވެ.
އެއާއި އެކު ކޮމިޝަންގައި މިހާރު ތިއްބަވާ ފަސް މެމްބަރުންގެ ތެރެއިން ޝަހީބު އާއި ޒައިނާ ވަކިކުރުމުން ތިއްބަވާނީ ތިން މެމްބަރުންނެވެ. އެއީ ޒީނާ ޒާހިރު އާއި އަމްޖަދު ވަހީދުގެ އިތުރުން އާމިނާތު ސަރާޙު އިއްޒަތުއެވެ.