Advertisement
ކ. މާލެ
|
29 ޖުލައި 2019 | ހޯމަ 17:50
ސީޝެލްސްގެ ރައީސްގެ ހާއްސަ މަންދޫބެއް ރައީސް ސޯލިހްގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގެ ތެރެއިން
ސީޝެލްސްގެ ރައީސްގެ ހާއްސަ މަންދޫބެއް ރައީސް ސޯލިހްގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގެ ތެރެއިން
ރައީސް އޮފީސް
ރަޢީސް ސޯލިހު
ރަސްމީ ދަތުރުފުޅެއްގައި ރައީސް ސީޝެލްސްއަށް ވަޑައިގަންނަވަނީ
މިދަތުރުފުޅަކީ ސީޝެލްސްގެ ރައީސް ޑެނީ ފޯރޭގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއް
މިދަތުރުފުޅުގެ ދަޢުވަތު ރައީސްއަށް ދެއްވައި ފޮނުއްވި ސިޓީފުޅު އެމަނިކުފާނަށް އަރުއްވާފައިވަނީ މުޙައްމަދު އަފީފް ހޯމަ ދުވަހު ރާއްޖެއަށް ކުރެއްވި ރަސްމީ ޒިޔާރަތުގައި
ސީޝެލްސްއަށް ކުރައްވާ މި ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ގިނަ އެއްބަސްވުން ތަކެއްގައި ސޮއިކުރައްވާނެ

ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ސީޝެލްސްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ މިދަތުރުފުޅަކީ ސީޝެލްސްގެ ރައީސް ޑެނީ ފޯރޭގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއް ކަމަށެވެ. އެގޮތުން، އެމަނިކުފާނު އެގައުމަށް ވަޑައިގަންނަވާނީ އޮގަސްޓް މަހުގެ 2 އިން 4 އަށެވެ.

ސީޝެލްސްގެ ރައީސް ޑެނީ ފޯރޭ، މިދަތުރުފުޅުގެ ދަޢުވަތު ރައީސްއަށް ދެއްވައި ފޮނުއްވި ސިޓީފުޅު އެމަނިކުފާނަށް އަރުއްވާފައިވަނީ ސީޝެލްސްގެ ރައީސްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން އެޤައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ކެބިނެޓް އެފެއާޒް، މުޙައްމަދު އަފީފް ހޯމަ ދުވަހު ރާއްޖެއަށް ކުރެއްވި ރަސްމީ ޒިޔާރަތުގައި ރައީސްގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތެއްގައެވެ.

Advertisement

ސީޝެލްސްއަށް ކުރައްވާ މި ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ގިނަ އެއްބަސްވުން ތަކެއްގައި ސޮއިކުރައްވައި ދެޤައުމުގެ ދެމެދުގައި އެންމެ މަތީފެންވަރުގެ މަޝްވަރާތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މި ދަތުރުފުޅުގެ ސަބަބުން ސީޝެލްސްއާއި ދިވެހިރާއްޖެއާއި ދެމެދު މިހާރު އޮތް ގުޅުން އިތުރަށް ބަދަހިވުމަށް މަގުފަހިވެގެންދާނެއެވެ.

އެމަނިކުފާނަށް ސީޝެލްސްއަށް ވަޑައިގަތުމަށް ދައުވަތު އަރުވާފައިވާއިރު، އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ތާއީދު ކުރި ގައުމުތަކުގެ ތެރޭގައި ސީޝެލްސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
29 ޖުލައި 2019 | ހޯމަ 22:06
100 މިލިޔަން
100 މިލިޔަން