Advertisement
ކ. މާލެ
|
29 ޖުލައި 2019 | ހޯމަ 17:45
އެންސީޓީސީގެ ޑިރެކްޓަރު ޖެނެރަލް ބްރިގޭޑިއާ ޒަކަރިއްޔާ މަންސޫރު
އެންސީޓީސީގެ ޑިރެކްޓަރު ޖެނެރަލް ބްރިގޭޑިއާ ޒަކަރިއްޔާ މަންސޫރު
ރާއްޖެއެމްވީ
ޓެރަރިޒަމް ހުއްޓުވުން
ހައްދު ފަހަނަ އެޅުމާއި ޓެރަރިޒަމް ހުއްޓުމަށް ޚާއްސަ ސަމާލުކަމެއްދީގެން މަސައްކަތް ކުރަންޖެހޭ: ޒަކަރިއްޔާ މަންސޫރު
ދުނިޔޭގެ އެކިކަންކޮޅުތަކުގައި ޓެރަރިޒަމްގެ ނުރައްކާ ބޮޑުވެފައި
އާންމުން ހޭލުންތެރިކުރުވަންޖެހޭ

ފިކުރީ ގޮތުން ހައްދު ފަހަނަ އެޅުމާއި ޓެރަރިޒަމް ހުއްޓުމަށް މިހާރަށް ވުރެ ބޮޑަށް ޚާއްސަ ސަމާލުކަމެއްދީގެން މަސައްކަތް ކުރަންޖެހޭ ކަމަށް އެންސީޓީސީގެ ޑިރެކްޓަރު ޖެނެރަލް ބްރިގޭޑިއާ ޒަކަރިއްޔާ މަންސޫރު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު އިސްލާމީ މަރުކަޒުގައި ފިކުރީ ގޮތުން ހައްދު ފަހަނަ އެޅުމާއި ޓެރަރިޒަމް ހުއްޓުމަށްފެށި ތަމްރީން ޕްރޮރާމްގައި ވާހަކަދައްކަވަމުން ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ޓެރަރިޒަމްގެ ނުރައްކާ ބޮޑުވެފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ހިނގާ ހައްދުފަހަނަ އެޅުމުގެ އަމަލުތަކަށް ޚާއްސަ ސަމާލުކަމެއްދީގެން މަސައްކަތް ކުރަންޖެހޭ ޖެހޭ ކަމަށެވެ. އަދި އެއީ އަޅާނުލާ ދޫކޮށްލެވޭ ފަދަ މައްސަލަތައް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޓެރަރިޒަމްގެ އަމަލުތަކުން ގައުމު ސަލާމަތްކުރަމަށް ގިނަ މަސައްކަތްތައް ކުރާކަން ފާހަގަކުރައްވައި ޒަކަރިއްޔާ މަންސޫރު ވިދާޅުވީ މިފަދަ ކަންކަމަށް އާންމުން ހޭލުންތެރިކުރުވުމުގެ ގިނަ ހަރަކާތްތައް ހިންގަންޖެހޭ ކަމަށާއި، ގޯސް މަގަށްދާ މީހުން މުޖުތަމައުއަށް ނެރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

Advertisement

މީގެ އިތުރުން ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ރައްޔިތުންގެ މެދުގައި ލޯތްބާއި އިހްތިރާމާއި، އަޅާލުން އިތުރުކުރަންޖެހޭ ކަމަށާއި، ނަފްރަތާއި ރުޅިވެރިކަން ނައްތާލަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ހައްދުފަހަނައެޅުމަށް މެދުވެރިވާ ސަބަބުތައް ދެނެގަނެ އެފަދަ ކަންކަމާ ބެހެގޮތުން މަޝްވަރާކުރުމަށް ރާއްޖޭން އަބަދު ވެސް އޮންނާނީ ތައްޔާރަށް ކަމަށާއި، އެފަދަ ކަންކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.

ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ހަންދުފަހަނައަޅާ ދިއުމާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން ގިނަ ދިރާސާތައް ކުރެވި ގިނަ ޕްލޭންތައް ހެދިފައިވާ ކަމަށެވެ.

ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުން ވެސް އިސްލާހުކޮށް މުޖުތަމައުއަށް ނެރެވޭނެ ކަމަށާއި، ނަމަވެސް މިއީ ބުރަ އުދަނގޫ މަސައްކަތްތަކެއް ކަމަށެވެ. މިފަދަ ކަންކަން ކުރުމަށް ބޭނުންވަނީ އެއްމެންގެ އެއްބާރުލުން ކަން އޭނާ ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް